އެމްއެންޑީއެފްގެ އަސްކަރީ ތަމްރީތަކުގައި ދިމާވާކަންކަން ކަންކަން ބެލުމަށްޓަކާ ޚާއްސަ ކޮމިޓީއެއް އެކުލަވާލާ، ތަމްރީންތަކުގައި ދިމާވަމުންދާ ހާދިސާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާ ތަހުގީގުކުރަން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، އަސްކަރީ ތަމްރީނުތަކަކީ އޭގެޒާތުގައި ބުރަ އަދި ރިސްކުހިމެނޭ ތަމްރީނުތަކެއް ކަމުގައެވެ. އަދި މިތަމްރީނުތަކަށް ނެގޭ ސިފައިންނަކީ، ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހެދުމަށްފަހު ޓްރެއިނިންގތަކުގައި ބައިވެރިވެވޭ ކުދިން ކަމުގައިވެސް ބުނެފައި ވެއެވެ.
އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވަނީ، ތިންކުއްޖެއްގެ މެޑިކަލް މައްސަލަތަކެއްދިމާވެ، އެއިގެތެރެއިން އެއްކުއްޖަކު ނިޔާވެ، ދެވަނަ ކުއްޖަކަށް އައިސީޔޫ ގައި ފަރުވާކުރަންޖެހި އަދި ތިންވަނަ ކުއްޖަކު އެޑްމިޓްކޮށް ފަރުވާދޭން ޖެހުމަކީ، އެމްއެންޑީއެފް އިން މިކަމާ ކަންބޮޑުވެ ހިތާމަ ކުރާ ކަމެއް ކަމަށާއި، އަދި މި ހާދިސާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކާ އެކިދާއިރާތަކުގެ އެކްސްޕާޓުން ހިމެނޭގޮތުން ކޮމިޓީއެއް އެކުލަވާލެވި، މަސައްކަތް މިހާރު ފެށިފައި ވާކަމުގައެވެ. މިކަންކަމާއި ގުޅޭގޮތުން އިތުރަށް އެއްޗެއް ދަންނަވަންއެނގޭނީ މިކޮމިޓީގެ މަސައްކަތް ނިމުމުން ކަމުގައިވެސް އެފަރާތުން ހާމަ ކޮށްފައި ވެއެވެ.
އެމްއެންޑީއެފްގެ ތަމްރީންތަކުގައި ބައިވެރިވާ ފަރާތްތަކަށް ފަހަކަށް އައިސް ކުރިމަތިވަމުންދާ ސިއްޙީ މައްސަލަތައް ތަހުގީގު ކުރަން ފަށާފައިވާއިރު، ފާއިތުވެދިޔަ ހަފްތާގައިވަނީ، ތަމްރީން ހަދަމުންދިޔަ ސިފައިންގެ މީހަކު ނިޔާ ވެފައެވެ.
އުމުރުން 20 އަހަރުގެ މި ޒުވާނާ ނިޔާވެފައިވަނީ މާފިލާފުށީގައި ޓްރޭނިންގ ހަދަމުން ދަނިކޮށް ނޭވާލުމަށް އުނދަގޫވެގެން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ.
ކޮމެންޓު ފޮނުވާ