އަމިއްލައަށް އަގުތައް ކަޑައަޅައިގެން ދަތުރު ކުރަން ފެށުން! މިއީ ނުރައްކަލުގެ ރަނގަބީލެއް؟

އަމިއްލައަށް އަގުތައް ކަޑައަޅައިގެން ދަތުރު ކުރަން ފެށުން! މިއީ ނުރައްކަލުގެ ރަނގަބީލެއް؟

Author
ހުސެއިން
12 މާރޗް 2022 09:20
0

ހުރިހާ ގޮތަކުން ބެލިކަމުގައި ވިނަމަވެސް، ކުރިޔަށް މިދާ ދުވަސްތަކަކީ އިގްތިސާދީގޮތުން ދަތި ދަނޑިވަޅެކެވެ. ކޯވިޑްގެ ނުރައްކަލާއި މު މުޅި ދުނިޔެ ހަގުރާމަ ކުރަމުންދާތާ ދެއަހަރު ފާއިތުވެގެން ގޮސްފައި ވަނިކޮށް، އަދި އެ އާލަމީ ވަބާއާއި ދެކޮޅަށް ކުރަމުން އައި ހަނގުރާމަ ނުނިމި ވަނިކޮށް، އަނެއްކާވެސް މުޅި ދުނިޔެ މިވަނީ މުޅިން އާ ކުރިމަތިލާން ޖެހިފައެވެ.

ފާއިތުވި ފެބްރުއަރީމަހު ރަޝިއާއިން އެގައުމުގެ އަވައްޓެރި ޔޫކުރެއިންއަށް އުދުވާނީ ހަމަލާދީ އެގައުމު ހިފުމަށް ދަނީ ހަގުރާމަ ކުރަމުންނެވެ. އަދި ރަޝިއާގެ އުދުވާނީ ހަމަލާތަކުގެ ރައްދުގައި ހުޅަނގާއި ޔޫރަޕްގެ ގައުމުތަކުން ރަޝިއާއި ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، އިގްތިސާދީގޮތުން ދަތިކުރުމުގެ މި ފިޔަވަޅުތަކުގެ އަސަރު މުޅި ދުނިޔޭގެ އިގްތިސާދުން ދަނީ ފެންނަމުންނެވެ.

އަދ ވަކީން ޚާއްސަކޮށް، ރަޝިއާގެ ބޭންކުތަކާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، މި ހަނގުރާމަ ފެށިގެންއައިއިރު، ރަޝިއާގެ ރައީސް ދެއްވާފައިވާ ނިއުކުލިއަރ ހަގުރާމައެއްގެ އިންޒާރާއި، އަދި އެމެރިކާއައި އިނގިރޭސިވިލާތުން މިހާރު ރަޝިއާގެ ތެލާއި ގޭސް މި ދެގައުމަށް އެތެރެކުރުން ހުއްޓުމަކަށް ގެނެސްފައިވުމުގެ ނަތީޖާއެއްގެ ގޮތުން، މި ކަންކަމުގެ އަސަރު ދުނިޔޭގެ ތެލުގެ ބާޒާރަށް ދަނީ ވަރަށްވެސް ނުރަގަޅުކޮށް ކުރަމުންނެވެ.

ޔޫކުރެއިންގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގައިވެސް ތެލުގެ އަގު ދަނީ އުފުލެމުން

މިގޮތުން ރަޝިއާއިން ފާއިތުވި ފެބްރުއަރީމަހުގެ 24ވަނަ ދުވަހު ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށިފަހުން ދުނިޔޭގެ ބާޒާރގައި ތެލުގެ އަގުވަނީ %30 އުފުލިގެން ގޮސްފައެވެ. އަދި އަގު އެންމެ މަތިވެގެން ދިޔަ ދަނޑިވަޅުގައި ދުނިޔޭގެ ބާޒާރުގައި ޔެތޮ ފީފާއަކަށް ޖެހޭ އަގުވަނީ 139 އެމެރިކާ ޑޮލަރަށްވެސް އުފުލިގެން ގޮސްފައެވެ. އެހެންނަމަވެސް ފާއިތުވެދިޔަ ހަފްތާގެ ބުދަ ދުވަހު ތެޔޮ ފީފާއެއްގެ އަގު އަނެއްކާވެސް 116 އެމެރިކާ ޑޮރަށް ތިރިވެފައިވި ނަމަ، ޖެހިގެން އައިދުވަހު އަނެއްކާވެސް ތެޔޮ ފީފާގެ އަގު ވަނީ 116 ޑޮލަރަށް އުފުލިގެން ގޮސްފައެވެ.

މިއީ މީގެ ކުރިން، ތެލުގެ އަގު އެންމެ ގޯސްވެގެން ދާ ހާލަތުގައިވެސް ފީފާއެއްގެ އަގު މިއަހަރު ހުންނާނީ 80 އެމެރިކާ ޑޮލަރާއި ހަމައިގައިކަމަށް ކުރިން އިގްތިސާދީ މާހިރުން ޖަހަމުން އައި ހިސާބުތައްވެސް ފަހަނައަޅާ، ތެލުގެ އަގު މިހާރު އުފުލިގެން ގޮސްފައިވާ މިންގަޑެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ހަމަ އެބީދައިން ރާއްޖޭގައިވެސް މިވަނީ ތެލުގެ އަގު އުފުލެން ފަށާފައެވެ. އަދި ރާއްޖެއަށް ތެޔޮ ފޯރުކޮށްދޭ ދައުލަތުގެ ކުންފުނި އެސްޓީއޯއިން މިވަނީ ފާއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި 3 ފަހަރެގެ މަތިން ތެލުގެ އަގަށް ބަދަލު ގެނެސްފައެވެ. މިގޮތުން އެންމެފަހުން އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނެސްފައި ވަނީ މި މާރިޗްމަހުގެ 5ވަނަ ދުވަހުއެވެ.

ޓެކްސީ މުޒާހިރާ ކުރަމުންދަނީ ތެލުގެ އަގަށް އައިސްފައިވާ ބަދަލާއި އެއްގޮތަށް ޚިދުމަތުގެ އަގު މަތިކޮށް ދިނުމަށް

އަދި މިހާރު ޕެޓްރޯލް ލީޓަރެއް އަގު 14.60 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއްގެ އަގު 14.80 ރުފިޔާގައި ހުރިއިރު، ފާއިތުވެދިޔަ ފެބްރުއަރީމަހުގެ 13ވަނަ ދުވަހުވެސް އެސްޓީއޯއިން ވަނީ ތެލުގެއަށް ބަދަލު ގެނެސްފައެވެ.

 

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް!

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާއެކު، ރައްޖޭގައިވެސް ތެޔޮ ވިއްކާ އަގު އުފެލެން ފެށުމާއި ގުޅިގެން ޚިދުމަތުގެ އަގަށް ބަދަލު ގެނައުމަށް އެންމެ ފުރަތަމަ ޑިމާންޑު ކުރަންފެށީ ޓެކްސީ ޑްރައިވަރުންނެވެ. މިގޮތުން މާލެއައި ހުޅުމާލޭގެ ދެ ފޭސްއާއި އަދި އެއަރޕޯޓު ދަތުރުތަކުގެ އަގު ބޮޑުކުރުމަށް ޓެކްސީ ޑްޓްރައިވަރުން ޑިމާންޑް ކުރަން ފަށާފައިވަނީ ފާއިތިވެދިޔަ ހަފްތާގައެވެ.

އެހެންނަމަވެސް ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ އެހެނިހެން އަސާސީ ޚިދުމަތްތަކެކޭ އެއްފަދައިން ޓެކްސީ ދަތުރުތަކުގެ އަގަކީ ސަރުކާރުން ކޮންޓްރޯލް ކޮށްފައި އޮންނަ އަގައެއް ކަމުވެ. މިކަމުގެ ގާނޫނީ ޒިންމާ ފެށުނީއްސުރެ އުފުލަމުންދަނީ ޓްރާންސްޕޯޓު މިނިސްޓްރީންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން އާއްމުކޮށްފައިވާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، މިހާރު މާލެއާއި ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރު ކުރެވޭނީ 75 ރުފިޔާއަށެވެ. އަދި މާލެއާއި-ހުޅުލެއާއި އަދި ހުޅުލެއާއި-ހުޅުމާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް އެންމެ ގިނަވެގެން ނެގޭނީ 60 ރުފިޔާއެވެ. އަދި ޑިކީއަށް އަރުވާ ދާގީނާ ހިމެނޭހެން، މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް އެންމެ ބޮޑުކޮށް ނެގޭނީ 25 ރުފިޔާއެވެ. ނަމަވެސް ރޭގަނޑު 12އާއި ފަތިހު 6އަކާއި ދެމެދު ކުރާ ދަތުރުތަކުން އިތުރު 5 ރުފިޔާ ނެގޭ ގޮތަށް ޓްރާންޕޯޓު މިނިސްޓްރިންވަނީ އުސޫލުތައް އެކުލަވާލާފައެވެ.

ޑްރައިވަރުން ވަނީ އަމިއްލައަށް އަގުތައް ކަނޑައަޅާ, އަމިއްލައަށް ތަންފީޒުކުރަންވެސް ފަށާފަ

އެހެންނަމަވެސް، ޓެކްސީ ޑްރައިވަރުންގެ ޑިމާންޑު ކޮށްފައިވަނީ، މާލޭގެ އެތެރޭގެ ދަތުރެއް- 30ރ. – ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ އެތެރޭގެ ދަތުރުތައް – 25ރ. – މާލެއިން ހުޅުމާލެ އަށް – 100ރ. – މާލެ އާއި ހުޅުމާލެ އިން އެއާޕޯޓަށް – 80ރ. – ހުޅުމާލޭގެ ފޭސް ދެއަކުން މާލެ އަށް – 120ރ. – ހުޅުމާލޭގެ ފޭސް އެކަކުން ހުޅުމާލޭގެ ފޭސް ދެއަކަށް – 40ރ. – މާލެ އާއި ހުޅުމާލެ އިން ސީޕްލޭން ޓާމިނަލަށް – 100ރ. – ހުޅުމާލޭގެ ފޭސް ދެއަކުން ސީޕްލޭން ޓާމިނަލަށް- 120 ކަމުގައި ހަމަ ޖެއްސުމަށެވެ. އަދި މިހާރު ޑްރައިވަރުން މިވަނީ މިއީ މި ޚިދުމަތުގެ އަގުތައްކަމުގައި ޑްރައިވަނުން އަމިއްލައަށް ނިންމާ މިއުސޫލު ތަންފީޒުވެސް ކުރަން ފަށާފައެވެ.

މާލެއާއި ހުޅުމާލޭގައި ކުރެވޭ ޓެކްސީ ދަތުރުތަކުގެ އަގަށް ޓެކްސީ ޑްރައިވަރުން މިގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، މާމެއާއި ހުޅުމާލޭ ޓެކްސީ ދަތުރުތައް ކުރާނޭ ގިންތިތައްވެސް ކަނޑައަޅާފައި މިވަނީ ޓެކްސީ ޑްރަައިވަރުން އަމިއްލައަށެވެ. ސަރުކާރުން ރެގިއުލޭޓް ކޮށްފައި އޮތް އަސާސީ ޚިދުމަތެއްގެ އަގު، އެ ޚިދުމަތް ފޯރު ކޮށްދޭ ފަރާތްތަކުން މިވަނީ އަމިއްލައަށް އަގުތައް ކަނޑައަލާ އެއުސޫލު އަމިއްލައަށް އުސޫލު ތަންފީޒުވެސް ކުރަން ފަށާފައެވެ.

 

އަމިއްލައަށް އުސޫލު ކަނޑައަޅާ، އެއުސޫލުތައް އަމިއްލައަށް ތަންފީޒު ކުރަން ފެށިދާނެތަ؟

އަމިއްލައަށް ޓެކްސީ ދަތުރުތަކުގެ އަގުތައް ކަނޑައަޅާ އެއަގުތައް ޑްރައިވަރުން އަމިއްލައަށް ތަންފީޒުކުރަން ފަށާފައިމިވަނީ އެމީހުންގެ ޑިމާންޑްތަކަށް ފާއިތިވެދިޔަ ހަފްތާގެ ނިޔަލަށް ޓްރާންސްޕޯޓު މިނިސްޓްރީން ޖަވާބު ނުލިބުނުކަމުގެ ތުހުމަތާކާ އެކީއެވެ.

އެހެންނަމަވެސް، ތެލުގެ އަގަށް މުޅި ދުނިޔޭގެ ބާޒާރުގައި އަންނަމުންދާ ބޮޑެތި ބަދަލުތަކާއެކު، ރާއްޖޭގައިވެސް ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، އާންމު ޚިދުމަތެއްގެ އަގު ޚިދުމަތް ފޯރުކޮށްދޭ ފަރާތުން މިއުސޫލުން ބަދަލުކޮށް، އަމިއްލައަށް އުސޫލު ތަންފީޒު ކުރަން ފެށުމަކީ، ކުރެވިދާނެކަމެއްތޯ މިއީ ދައުލަތުގެ މުވައްސަސާތަކުންވެސް މިއަދު ޖަވާބު ދާރީވާން ޖެހޭ ސުވާލެކެވެ.

އަދި ޓްރާންސްޕޯޓު މިނިސްޓްރީން ކޮންޓްރޯލްކޮށްފައިއޮތް ޚިދުމަތެއްގެ އަގުތައް ބަދަލުކުރުމަށް އެ މިނިސްޓްރީއަށް މަޖުބޫރުކޮށް، މުހުލަތުދީ، އެމުހުލަތުގައި އެމިނިސްޓްރިން ޓެކްސީ ޑްރައިވަރުންގެ ޑިމާންޑްތަކަށް އާ ބަސް ނުބުނުމުން، އާންމު ރައްޔިތުންގެ މަސްލަހަތުގައި ސަރުކާރުން ކޮންޓްރޯލް ކޮށްފައި އޮތް މުހިންމު އަސާސީ ޚިދުމަތެއްގެ އަގަތަކަށް އަމިއްލައަށް ބަދަލުގެނެސް، މިއުސޫލުން ގާނޫނުތަކާއި ގަވާއިދުތައް އަމިއްލަ އަތްމައްޗަށް ނެގުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް އޮވެގެން ނުވާނެކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ: މިނިސްޓްރީން ވިދާޅުވެފައިވަނީ ފާއިތިވެދިޔަ ހަފްތާގެނިޔަލަށް ޑްރައިވަރުންނަށް ޖަވާބު ދޭނެ ކަމަށް

ސަބަބަކީ ޚާއްސަކޮށް، ޓެކްސީގެ އަގުތައްފަދަ ދަތުރުފަތުރު ކުރުމުގެ އަސާސީ ޚިދުމަތާއި ގުޅުންހުރި މިސިނާއަތުތައި ނެގޭ އަގުތަކަކީ ހަމައެކަނި ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ މަސްހަލަތު އެކަނި އޮތް މައްސަލައަކަށް ނުވާތީއެވެ. އަދި މިފަދަ އަސާސީ ޚިދުމަތެއްގެ އަގަށް ބޮޑު ބަދަލެއް ގެނެވޭއިރު، އާންމު ރައްޔިތުންގެ މަސްލަހަތުވެސް އޭގެތެރޭގައި ހިމެނިގެން ދިއުމާއެކީ، ހަމައެކަނި ޑްރައިވަރުންގެ ޑިމާންޑްތަކަށް އެކަނި، ސަރުކާރަށް މިއަގުތަކަށް ބަދަލުގެނެވެން ނޯންނާނެކަމީވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.

އެހްނަކަމުން، ޓެކްސީ ޑްރައިވަރުން އަމިއްލައަށް ޚިދުމަތުގެ އަގު ކަޑައަޅާ، އެއަގު އަމިއްލައަށް ތަންފީޒުކުރަން ފެށުމަކީ، ގާނޫނާއި ގަވާއިދުތަކުގެ މައްޗަށް ގަދަމީހާ ދަގަވެގަތުން ކަމުގައި މިއަދު ގިނަބަޔަކު ދަނީ ސިފަކުރަމުންނެވެ. އަދި މިއީ އަސާސީ ޚިދުމަތްތައް ފޮރުކޮށްދޭ އެހެން ފަރާތްތަކުންވެސް މުސްތަގުބަލުގައި މިއީ އުސޫލުކަމުގައި ބަލައިގަނެ، މުޅި މުޖަތަމައުގެ އުސޫލާއި ހަމަ ގެއްލިގެން ދިއުމަށް އޮތް ނުރައްކަލެއް ކަމުގައިވެސް ގަބޫލުކުރަން ޖެހެއެވެ. މުޅި ދުނިޔެއަށް އައި އަންނަމުންދާ އިގްތިސާދީ ދަތިކަމުގެ އެކޮޅު މިކޮޅުބަލާ، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ލިބިގަންނަ ފަރާތަތަކުގެ މަސްލަހަތު އެންމެ ރަގަޅަށް ރައްކާތެރިކުރެވޭނެ ގޮތުގެ މަތިން މައްސަލަ ހައްލުކުރުމުގެ ފުރުސަތު ދައުލަތުގެ މުވައްސަސާތަކަށް ލިބިދޭން ޖެހެއެވެ.

އެނޫން އުސޫލަކުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ގަދަމީހާ ގަދަ ވީމަކމުގައި ބުނެ، އަމިއްލައަސް އުސޫލު ތަންފީޒުކުރަން ފެށުމަކީ ހަގީގަތުގައިވެސް ނުރައްކަލުގެ ރަނގަބީލެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޝ ޝިބޫ
ބަގްލަދޭސް މީހުން ގަވާއިދުގެ މަތިން އުލޭއިރު ކީއްވެ ދިވެހިންނަަން އުޅެވޭނެ އުޅޭނަން
ބ ބުލްބުލް
އަގު ބޮޑުކޮށް ދަތުރު ކުރާ ކާރުތައް ދައުލަތަށް ނަގާ. ކާރު ދުއްވިފަރާތް 3000 - 100000 ދެމެދުގެ އަދަދަކުން ޖުރުމަނާ ނޫނީ 1 މަސް ޖަލަށް. ތިޔަހެން ސަރުކާރާ ކުޅެންނޫލޭ އިނގޭ.
ދ ދޯދޯ
އަސްލު އުސޫލެއް ގޮތުން ބަލައިފިއްޔާ އަގު ތަކައް ބަދަލު ގެންނަން ޖެހޭ ސަބަބު ވަރަށް ސާފު ޓެކްސީ ކުރާ ބޭފުޅުން ވެސް އެކަން ކުރަށް ވަނީ އާމްދަނީ ހޯދަން މިސާލަކަށް ބަލަމާ ކަނޑު ދަތުރުކުރާ އުޅަނދު ފަހަރު އެބޭފުޅުން ވެސް ތެލަށް ޢަންނަ ބަދަލާ އެކީ އަގުބޮޑު ކުރޭ އެވެސް އާންމު މަސްލަހަތާ ގުޅުން ހުރިކަމެއް މިހާރު މިނިސްޓަރީން ހަދާފަ ހުރި އަގުގަ ދަތުރު ކޮށްގެން ދެކޮޅު ނުަޖެހޭނޭ 30 ރުފިޔާ ރަނގަޅު މާލެ ތެރޭ ދަތުރަކަށް ހުޅުމާލެ ފޭސް 2 ގެ އަގުވެސް ރަނގަޅު ......
އ އަޙުމަދު
އެޖެހި ނުރައްކާތެރި ރަނގަބީލުގެ ސަބަބުން އަދަބެއްގެ ގޮތުގައި ސެންޓަރުތަކަށް ފިޔަވަޅު އަޅަންޖެހޭ،، އަދި އަގަށް ބަދަލެއް ގެބައުމަށް މަޖިލީހުގެ ލަފާއަކަށް އެދުން ބުއްދިވެރި،،
ބ ބަޗީ
ތެލުގެއަގު ބޮޑުވާ ކޮންމެ ފަހަރަކު ޓެކްސީގެ އަގު ބޮޑުކުރަންޖެހޭކަމަށް ޓެކްސީ ޑުރައިވަރުން ގަބޫލުކުރާނަމަ، ހަމަ އެ ބަދަލު ނަގާ ޓެކްސްތަކުންނާއި، މުވައްޒަފުންގެ މުސާރައިިންނާއި، ތަންތަނުގެ ކުލިންނާއި، ބޯފެނާއި ކަރަންޓާއި ކާބޯތަކެތީގެ އަގުންވެސް ހަމަ އެއްއުސޫލަކުން ބޮޑުކުރަންޖެހޭނެ ނޫންތޯ؟ ޓެކްސީ ޑުރައިވަރުން މޮޔަފުޅުވީތޯ؟ މިރާއްޖޭގައި އުޅޭބަޔަކީ ހަމައެކަނި ޑުރައިވަރުންނާއި އެމީހުންގެ ޢާއިލާ މީހުންތޯ؟ އެފަދަ ޑުރައިވަރުންގެ ޑުރައިވިންގ ލައިސަންްްސް މަދުވެގެން 10 އަހަރު ދުވަހުގެ މުއްދަތަށް ހިފަހައްޓަން އަޅުގަނޑަށް ފެނޭ.
0 007
ތިއުޅެނީ ވަރައް ބޮޑަށް އޮޅިގެން ތިބުނާގޮތުންވިއްޔާ ކާރުގެ ހުރިހާ ހަރަދަކާ އެގަތުމާ ޙޫޜީޙާ ކަމެއް ކުރަން ޖެހޭނީ ނަހުލާ ޚާރު ގަންނަންވީ ކާސިމުގެ ލާރިން ގަންނަން ނެގި ލޯނު ދައްކަންވީ ވެސް ކާސިމު ދުއްވަންވީވެސް ކާސިމު ހަލާކުވީމަ ހަދަންވީވެސް ކާސިމު އެކަމަކު އަގާހަމަޔައް އައިމަ ނަހުލާ ގެދޮރާ ފުލައިޓު ޓިކެޓު ގެ އަގު އަދި ލޯންޗު ފެރީގެ އަގު އަމިއްލަޔަށްކަރަންޓާ ފެން އިންޓަ ނެޓުގެ އ
ގ ގައްސާން
ލައްބަ!!! ކަރަންޓާ ފެނާއެއީ ސަރުކާރުންދޭ ޙިދުމަތް. ޓެކްސީ ކުރަނީ ސަރުކާރުންނެއްނޫން. ކަރަންޓު އަގު ބޮޑު ކުރި އިރުވެސް ޓެކްސީ އަގު ބޮޑު ނުކުރާ ހަނދާން ވޭ. ހަގީގަތަކީ އިންފްލޭޝަން ޢާއެކު ހުރިހާ އަގެއްވެސް ބަދަލުވާންޖެހޭނެކަން. ހަގީގަތަކީ އިންފްލޭޝަން ރޭޓް %3.5 އާއެކުވެސް ޓެކްސީ އަހަރުތަކެއް ވަންދެންވެސް އަގުބަދަލު ނުކުރާކަން.
ލ ލ
ގާސިމް އަންހެެ ނުކުޅެދޭކަން 5 ދުވަސް ވީ އިރު ޖަވާބު ނުދެވުނީ. އެއްގަމު ދަތުރުފަތުރާއި ބެހޭ ގާނޫނުގަ މުތުލަގުކޮން ޓުރާންސުޕޯޑަން އަގުކަނޑައެޅުމުގެ ބާރު ދީފާާ ނޮއޮވޭ. އޮއްނަނީ ޙިދުމަތް ދޭފަރާތާއި މަޝްވަރާ ކުރުމަށްފަހު ޓުރާންސުޕޯޓަން އަގު ކަޑައެޅިދާނެ ކަމަން
ބ ބުރުމާ
ޥިލާ މާޓުން ވިއްކާ ކިރުދަޅު އަގުބޮޑު ކުރުމަކީ ގާސިމްގެ ހައްގެއް ޕެޓްރޯލް ވިލާއިން ބޭނުންއަގެއްގައި ވިއްކުން ގާސިމްގެ ހައްގެއް އަދުންގެ ހުސައިން ބޭނުން އަގެއްގައި ގަރާޖުގައި މަސައްކަތް ކުރުން އޭނާގެ ހައްގެއް އެމް.ޓީ.ސީ.ސީ އިން ކުރީގައި އެއަރޕޯޓް ދަތުރު 150 ކުރުން އެމީހުންގެ ހައްގު އެކަމަކު ޓެކްސީވީމަ ކޮބާ ހައްގު. ދޯ އައިސާ