މާފުށީ ޖަލަށް ތަކެތި ވައްދަން އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ

މާފުށީ ޖަލަށް ތަކެތި ވައްދަން އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ

Author
މުޙައްމަދު ޖިމީ
11 މާރޗް 2022 10:48
0

ކ.މާފުށީ ޖަލަށް ޤަވާއިދާއި ޚިލާފަށް އެއްޗެހިތަކެއް އެތެރެކުރަން އުޅުނުކަމަށް ބެލެވޭ މީހަކުު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ ޢުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ މާފުށީ ޖަލާ ދިމާލު މުދުގައި ރޭ 02:22 ހާއިރު މަރުވެފައި އޮއްވާ މީހަކު ފެނިފައިވާކަމަށެވެ. އޭނާ މޫދުން ނަގައިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރާއި ހަވާލާދެއްވާ ފުލުހުން ބުންޏެވެ.

މިކަމާއި ގުޅޭގޮތުން ކަރެކްޝަނަލް ސާރވިސްއިން ބުނީ، މޫދުގައި މަރުވެފައި އޮއްވާ ފެނުނީ ޤަވާއިދާއި ޚިލާފަށް ޖަލަށް ބައެއް ތަކެތި އެތެރެކުރަން އުޅުނު މީހެއްކަމަށެވެ. އޭނާއަށް އެ ތަކެތި ޖަލަށް އެތެރެކުރެވިފައިނުވާކަމަށާއި، މިހާރު އެ ތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށްވެސް ކަރެކްޝަނަލް ސާރވިސްއިން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަހްގީގްކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.