އައްޑޫ ލިންކު ރޯޑުގައިހުރި ރުށްތައް ކަނޑާލައިފި، އެތައް ބައެއްގެ ފާޑުކިޔުން ކައުންސިލަށް!

އައްޑޫ ލިންކު ރޯޑުގައިހުރި ރުށްތައް ކަނޑާލައިފި، އެތައް ބައެއްގެ ފާޑުކިޔުން ކައުންސިލަށް!

Author
މުޙައްމަދު ޖިމީ
10 މާރޗް 2022 01:07
0

އައްޑޫ ސިޓީ ލިންކު ރޯޑްގައި ހުރި ރުއްތައް ކެޑުމާއެކު އެތައް ބައެއްގެ ފާޑުކިޔުން އައްޑޫ ސިޓި ކައުންސިލަށް އަމާޒުވެއްޖެއެވެ.

އައްޑޫ ލިންކް ރޯޑުގައި ހުރި ރުށްތަކަކީ ވަރަށް ދުވަސްވީ އަދި އައްޑީގެ ރަމްޒެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ދެކެއެވެ. އަދި އެއީ ލިންކް ރޯޑަށް ފުރިހަމަކަން ގެނެސްދީ ރީތިކަން އިތުރުކޮށްދޭ ކަމެއްގެ ގޮތުގައި އައްޑޫ ރައްޔިތުން ސިފަކުރެއެވެ.

މި ރުށްތައް ކެޑުމާއެކު އެކަމާއި ހިތާމަކޮށް އެކަން ހިނގިގޮތް ކިޔއިަދިނުމަށް އެދި ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ސުވާލުކުރަމުންނެވެ.

އައްޑޫ ލިންކު ރޯޑުގައި ހުރި ރުށްތައް ކެނޑި ސަބަބާއި ގުޅޭގޮތުން އައްޑޫ މޭޔަރު ވިދާޅުވީ، ލިންކު ރޯޑުގައި ހުރި ރުއްތަކެއް ކަނޑާލީ އެ ރުއްތަކުގެ ސަބަބުން މަގުމައްޗަށާއި، އެއްގަމު އުޅަނދުތަކަށް ކުނި އެޅޭތީކަމަށެވެ. އެ ރުށްތަކުގެ ސަބަބުން އުނދަގޫވެގެން ވަރަށް ގިނަ ޝަކުވާ ލިބޭކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

އައްޑޫ ލިންކް ރޯޑުް 50 ރުށް ވަނީ ކަނޑާފައެވެ.

އައްޑޫ ސިޓި ކައުންސިލުން ވަނީ ލިންކު ރޯޑުގައި އިތުރު ރުށް އިންދާނެކަމަށް ބުނެފައެވެ. މިގޮތުން  100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށްދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.