ހަނިމާދޫއާއި ކުޅުދުއްފުށިން ޞަފާތަށް އޮތް ތާއީދު ބޮޑުކަން ދައްކާލައިފި

ހަނިމާދޫއާއި ކުޅުދުއްފުށިން ޞަފާތަށް އޮތް ތާއީދު ބޮޑުކަން ދައްކާލައިފި

Author
މުޙައްމަދު ޖިމީ
09 މާރޗް 2022 11:21
0

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ ޞަފާތު އަޙްމަދު ޒާހިރަށް އޮތް ތާޢީދު ހދ.ގެ ދެ ދާއިރާއިން ދައްކާލައިފިއެވެ.

ޞަފާތަށް ތާއީދުއޮތްކަން ދައްކާލާފައިވަނީ ދާދި ފަހުން ހދ.ގެ ދެ ދާއިރާއަކަށް ކުރި ދަތުރުގެ ތެރެއިންނެވެ. ޞަފާތު ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވާ ފަރާތްތަކާއެކު ޞަފާތު ވަނީ ހދ ކުޅުދުއްފުށި އަދި ހަނިމާދޫއަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވާ އަދި އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކޮށްފައެވެ. މި ދަތުރުގައި އެމްޑީޕީގެ ގިނަ ޢަދަދެއްގެ މެންބަރުން ވަނީ ޞަފާތަށް ތަޢީދުކުރާކަން ހާމަކޮށްފައިކަމަށް ޞަފާތުގެ ކެމްޕެއިން ޓީމުން ބުނެއެވެ.

ވަރަށް ފޯރިއާއެކު ކުރިއަށްދިޔަ މި ކެމްޕެއިނާއި ގުޅޭގޮތުން ޞަފާތު ވިދާޅުވީ، އެ ދެރަށުންވެސް އޭނާއަށް އޮތް ތާއީދު ވަރަށް ބޮޑުކަމަށެވެ. މިގޮތުން އެ ދާއިރާގެ އެމްޑީޕީގެ ގިނަ މެންބަރުން ޤަބޫލުކުރާގޮތުގައި އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްކަން ޞަފާތަށް ލިބިގެންދިއުމަކީ އިތުރު އަންހެނަކަށް ފުރުޞަތެއް ލިބުންކަމަށެވެ. އަދި ޞަފާތަކީ އިތުރު އެއްވެސް މަޤާމެއް އަދާކުރާ ފަރާތަކަށްނުވާތީ، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ހިންގާ ތަރުތީބުކުރުމަށް ވަގުތު ދެވޭނެކަންވެސް ވަރަށް ގިނަ މެންބަރުން ޤަބޫލުކުރާކަމަށްވެސް ޞަފާތު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުކުރުމާއި އަންހެނުންގެ ރޫހުގެ ރައީސްއަކު އިންތިޚާބު ކުރުމަށް ބާއްވާ ކެމްޕެއިން ވަރަށް ފޯރީގައި ކުރިއަށްދަނީ އެހާމެ ވާދަވެރިކޮށެވެ. އަންހެނުންގެ ރޫހުގެ ރައީސްކަމަށް ޞަފާތާއި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ ޞަފާތަކީ ސިޔާސީ ޙަޔާތުގެ ފާއިތުވި 7 އަހަރުގައި އެމްޑީޕީ ފިޔަވައި އިތުރު އެހެން އެއްވެސް ޕާޓީއެއްގައި އުޅުއްވާފައިނުވާ ފަރާތެއްކަން އެމްޑީޕީގެ މެންބަރުން ފާހަގަކުރެއެވެ. ޞަފާތަކީ 2016 ވަނަ އަހަރުންފެށިގެން އެމްޑީޕީ އިޤްތިޞާދީ ކޮމިޓީއާއި އަންހެނުންގެ ރޫހުގެ އެކްޓިވް މެންބަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.