މާލޭ ލޮނުޒިޔާރަތް ޕާކް ތަރައްޤީކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތަކެއް މާލެސިޓިގެ ކުރީގެ މޭޔަރު ސިފާ މުޙައްމަދު ހިންގާފައިވާކަމަށް އޭސީސީގެ ތަޙްގީގަށް ސާބިތުވާތީ ދައުވާކުރުމަށް ފޮނުވާފައިވަނިކޮށް އެމައްސަލައަށް ނުފޫޒު ފޯރުވާފައިވާކަމަށް އެމްޑީޕީގެ ދުވާފަރު ދާއިރާގެ، އިސްމާޢީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ތަޅުގައި ބައިބައި ވެފައިވާ އެމްޑީޕީގެ ދެ ފެކްޝަންގެ މެމްބަރުން ދެމުްދާ ބަހުގެ ހޫނު ހަމަލާތަކުގެ ތަކުގެ ތެރެއިން ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުން އިއްސެ ވިދާޅުވީ، ނުފޫޒުގެ ވާހަކަ ދައްކަން ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުން ލަދު ގަންނަންޖެހޭކަމަށެވެ.
ނަފޫޒު ފޯރުވުމަށްޓަކައި، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ތެރެއިން އެތައް ކަމެއް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ވަކި ވަކި މައްސަލަތަކަށް އިޝާރާތް ކުރައްވަމުން އިއްސެ ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން، މާލޭގެ ކުރީގެ މޭޔަރު ސިފާގެ މައްސަލަ ބަލަން ސަރުކާރުން އުޅުމުން އެކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައެއް މެމްބަރުންގެ ނުފޫޒު އިންތިހާއަށް އެމައްސަލައަށް ފޯރުވިކަމަށެވެ. އަދި ހަމައެހެން އެމްއެމްޕީއާރުސީ މައްސަލައަށްވެސް ހަމަ އެގޮތަށް ނުފޫޒު ފޯރުވާފައިވާމަށެވެ.
މާލޭގެ ކުރީގެ މޭޔަރު އޭރުކުރި ވައްކަން ސަރުކަރުން ބަލަން ފެށީމާ، ކަން ހުއްޓުވީ ހަމަ ސީދަ މި ޕާލިމަންޓްރީ ގްރޫޕްގައި ތިބި ބައެއް މެމްބަރުންގެ ނުފޫޒުން. އެމްއެމްޕީއާރުސީގެ މައްސަލަ ސަރުކާރުން ބަލަމުން ގެންދަނިކޮށް، އެލިސްޓު މިތަނަށް ގެނެސް ގާތް ބޭބޭފުޅުން އެލިސްޓުން އުނިކޮށް، އެސަކަރާތް ޖެހީވެސް އެމްޑީޕީގެ ޕާލިމަންޓްރޫޕްގެ ބައެއް ބޭފުޅުން.
– އިއްސެ ވިދާޅުވިއެވެ.
އިއްސެ ވިދާޅުވީ މިއަދު އެމްޑީޕީއާއި ރައީސުލްޖުމްހޫރިއްޔާއަށްވެސް އޮތް އެންމެ ބޮޑު ހިންހަމަ ޖެހުމަކީ މަޖިލީހުގެ ސާފު އއުލަބިއްޔަތު ނުވަތަ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގޭ ވަރަށް އެބޭފުޅުންގެ އަތުގައި މެމްބަރުން ނެތުންކަމަށެވެ. މިއަދު އެއަދަދަށް މެމްބަރުން ތިބިނަމަ ވަޒީރުންނައި، ރައީސްގެ އިތުބާރު ނެތްކަމަށްވެސް އެބޭފުޅުން ނަގާނެކަމަށެވެ.
އެމްޑީޕީގެ ތެރެއިން މިސަރުކާރު ބަލިކަށި ކޮށްލުމަށް ކުރާ މަސައްކަތަކީ ކާމިޔާބު ވާނެ މަސައްކަތެއް ނޫންކަމަށް އިއްސެ ވިދާޅުވިއެވެ. ތިމާމެންނަށް ނުރުހޭ ކޮންމެ މީހަކީ ވަގަކަށް ހަދައި ތިމާމެންނަކީ މާ ރަނގަޅު ބައެއްކަމަށް ދެއްކެން އުޅުނަސް އެކަން ނުވާނެކަމަށް އިއްސެ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ