އާޒަރު ބައިޖާނުން ކަރުބާކުގެ މުހިންމު އަވަށެއް ހިފައިފި

އާޒަރު ބައިޖާނުން ކަރުބާކުގެ މުހިންމު އަވަށެއް ހިފައިފި

Author
ހުސެއިން
09 ނޮވެމްބަރ 2020 06:20
0

އާޒަރުބައިޖާންގެ ކަރުބާކުގެ މައްސަލާގައި އާޒަރު ބައިޖާންއާއި އަރުމީނިއާއާއި ދެގައުމުގެ ދެމެދުގައި ހިގަމުންދާ ހަގުރާމާގައި އާޒަރުބައިޖާނުން ކަރުބާކުގެ މުހިންމު އަވަށެއް ހިފާފައިވާ ކަމަށް އާޒަރު ބައިޖާނުން ހާމަކޮށްފިއެވެ.

ޓީވީ މެދުވެރިކޮށް ގައުމާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން އާޒަރުބައިޖާންގެ ރައީސް އިލްހާމް އަލްޔޭވް ވިދާޅުވި ގޮތުގައި ގޮތުގައި އެގައުމުގެ އަސްކަރިޔާއިން ވަނީ ވަކިބެގެންފައިވާ ކަރުބާކުގެ ޝުޝާ ނަމަކަށް ކިޔާ އަވަށެއް އެގައުމުގެ ބާރުގެދަށަަށް ގެނެސްފައެވެ.

އެހެންނަމަވެސް މިއަވަށް އާޒަރުބައިޖާންގެ ބާރުގެ ދަށަށް ގޮސްފައިވާކަމަށް އެގައުމުން ބުނާ ބުނުމަށް އަރުމީނިއާއިން ދެކޮޅު ހަދައެވެ. އަދި އަރުމީނިއާއިން ބުނެފައިވަނީ މި އަވަށުގައި ވަރުގަދައަށް ދަނީ ހަގުރާމަ ހިގަމުންނެވެ.

ކަރުބާކުގެ މިއަވަށް އާޒަރުބައިޖާނުގެ ބާރުގެދަށަށް ގެނެވިއްޖެނަމަ އެކަން ވެގެންދާނީ ދާދިފަހުން ހަގުރާމަ ފެށުނުތާ ދެމަސްދުވަސް ފާއިތުވެގެން ގޮސްފައިވާ މިހަގުރާމާގައި އާޒަރުބައިޖާނަށް ލިބިގެންދިޔަ ބޮޑު ކާމިޔާބަކަށެވެ.

ޝޫޝާއަކީ ކަރުބާކުގެ ވެރިކަންކުރާ ރަށް ސްޓެޕަނަކާޓްއާއި ދިމާލުން ފަރުބަދަ މަތީގައި އޮންނަ ސަރަަހައްދެކެވެ. އަދި މި އަވަށް އޮންނަނީ އަރުމީނިއާއި ކަރުބާކުއާއި ގުޅުވައިދޭ މައި މަގާއި އިންވެގެންނެވެ. އެހެންކަމުން މިސިޓީ އާޒަރުބައިޖާންގެ ބާރުގެ ދަށަށް ގެނެވިއްޖެނަމަ މި އަވަށް ވެގެންދާނީ ކަރުބާކުގެ ވެރިކަންކުރާ ރަށަށް ފަސޭހަކަމާއެކު ހަމަލާ ދިނުމަށް އާޒަރުބައިޖާނަށް ހުޅުވިގެންދާ ދޮރަކަށެވެ.

ނަގޯނޯ ކަރުބާޚްއަކީ ބައިނަލްއަގުވާމީ ގޮތުން އާޒަރުބައިޖާނަށް ނިސްބަތްވާ ސަރަހައްދެކެވެ. އެހެންނަމަވެސް 145،000 މީހުން ދިރިއުޅެމުންދާ މިސަރައްހައްދުގައި ދިރުއުޅެމުންދަނީ އަރުމީނިޔާ ދަރިކޮޅުގެ ރައްޔިތުންނެވެ. ބައިނަލްއަގުވާމީގޮތުން މިސަރަހައްދަކީ އާޒަރުބައިޖާނުގެ ސަރަހައްދެއްކަމުގައި ބަލައިގެންފައިވި ނަމަވެސް މިސަރަހައްދުގައި އަމިއްލަވަންތަ ވެރިކަމެއް ކުރަމުންދަނީ މިސަރަހައްދުގައި ދިރިއުޅެމުންދާ އަރުމީނިޔާ ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ. އަދި ކަރުބާކުގައި ދިރިއުޅެމުންދާ އަރުމީނިއާ ދަރިކޮޅުގެ ރައްޔިތުން ބޭނުންވަނީ އެސަރަހައްދަކީ އަރުމީނިޔާއަށް ނިސްބަތްވާ ސަރަހައްދެއްގެ ގޮތުގައި ދެމިއޮތުމަށެވެ.

މީގެ 30 އަހަރުކުރިން ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިއުމާއިގުޅިގެން، އާޒަރުބައިޖާން އަތުން ވަނީ މިސަހައްދުގެ ކޮންޓްރޯލް ގެއްލިފައެވެ. އެހެންނަމަވެސް، 1994 ވަނަ އަހަރުން ފެށިގެން ދެފަރާތުން އަމަލުކުރަމުންދާ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލެވިފައި އޮވެއެވެ. ކަރުބާޚުގެ މައްސަލަ އާޒަރުބައިޖާންއާއި އަރުމީނިޔާއާއި ދެމެދު އުފެދިފައިވަނީ 1988 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.