އަތޮޅު ތެރޭގެ ރަށްރަށުގައި އެމްޑީޕީގެ ހަރަކާތްތައް ނުހިނގާ ކަމަށާއި، އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާގެ މަޤާމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ އިކޮނޮމިކް މިނިސްޓަރ ފައްޔަޟު އިސްމާއިލްގެ ޓީމުން ގެންގުޅެމުންދާ "ހިންގާލުން" ޝިއާރަށް އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ސިފާ މުހައްމަދު ވަނީ މިއަދު ފާޑުވިދާޅުވެފައެވެ. ސިފާ ވިދާޅުވީ، އިންތިއާއި ވާދަކުރާ ޓީމުން ގެންގުޅޭ "ހިންގާލާ" ޝިއާރަކީ ކޮން މަޤުސަދެއްގައި ގެންގުޅޭ ޝިއާރެއްކަން އޮޅިފައިވާކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީ އޮތީ ވަރަށް އެކްޓިވްކޮށް ކަމަށް ސިފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަތޮޅު ތެރޭގެ ކޮންމެ ރަށެއްގައިވެސް އެމްޑީޕީ ވަރަށް އެކްޓިވްކަމަށެވެ. ހިންގާލުމުގެ ނަމުގައި މިއަދު އެމްޑީޕީ ތެރޭގައި ހިންގާލަން ބަޔަކު އުޅެނީ ނުކިއްސަރު ކަމެއްކަމަށް ސިފާ ވިދާޅުވިއެވެ.
ސިފާގެ ވާހަކަތަކާއި ގުޅިގެން ރޮޒޭނާ ވިދާޅުވީ، އެމްޑީޕީގެ ހަރަކާތްތައް އަތޮޅު ތެރޭގައި އޮތް މިންވަރު ސިފާގެ ވާހަތަކުން ސާފުވެފައިވާކަމަށެވެ. މިފަހަރުގެ ކެމްޕެއިންގައި މިހާތަނަށް ދެވުނު ރަށްތަކުން އެމްޑީޕީގެ މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޕާޓީގެ ހަރަކާތްތައް އެރަށްތަކުގައި ނުހިނގާތީ އެކަމުގެ ކަންބޮޑުވުންކަމަށެވެ. އެމްޑީޕީ މިހާރު އޮތީ މާބޮޑަށްވެސް ހަރަކާތް މަދުވެފައިވާކަމަށާއި، އެމްޑީޕީ ހިންގާލަން ޖެހޭކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ރަށް ރަށުގައި ޕާޓީގެ ކަންކަން ހިންގާގޮތް ނޭގޭ މިންވަރު އަދި ރަށްރަށާއި ގުޅުން ނެތް މިންވަރު މި ކޮމްނެޓުން އެކަނިވެސް އެނގޭ. މި އިންތިޚާބުގައި ކުރެވުނު ދަތުރު ތަކުގައިވެސް ރަށްރަށުގައި ޕާޓީގެ ކަންކަން ރަނގަޅަށް ނުހިންގާ ވާހަކަ ނުދައްކާ އެންމެ ރަށަކަށްވެސް އަދި ނުދެވޭ. އެމްޑީޕީ ހިންގާލަން ޖެހޭ.
– ރޮޒޭނާ ވިދާޅުވިއެވެ.
Rah rashuga party ge kankan hingaagoi neygey minvaru adhi rah rasha gulhun neiy minvaru mi commentun ekanives engey. Mi inthihaab ga kurevunu dhathuru thakugaves rahrashuga partyge kankan rangalhah nuhigaa vaahaka nudhakkaa enme rashakah ves adhi nudhevey. #MDPhingaalan jehey! https://t.co/lRC7zRtnSk
— ???????? ???????????????????????????? ???????????????? ???? (@Roxeyna) March 8, 2022
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒާއި، އިންތިމެދުގަދި ކެމްޕެއިން ފޯރިގަދަ ވެފައިވާއިރު، އެމްޑީޕީގެ މެމްބަރުންގެ ޚާއްސަކޮށް އަތޮޅު ތެރޭގެ މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަތޮޅު ތަކުގައި ހުރި އެމްޑީޕީ ހަރުގެ ތައް އެކްޓިވް ނުވާ މައްސަލައެވެ. ކުރިއަށް ބޮޑު އިންތިޚާބެއް ބޯމަތިވެފައިވައިރު އެމްޑީޕީގެ ހަރަކާތްތައް އަތޮޅު ތެރޭގައި ނެތްކަމުގެ ޝަކުވާ އެޕާޓީގެ އާންމު މެމްބަރުން ވަރަށް ބޮޑަށް ކުރެއެވެ.
މިއިންތިޚާބުގައި އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ ފައްޔާޟުގެ ޓީމުގެ އެންމެ ބޮޑު އެއް އަމާޒަކީ އަތޮޅު ތެރޭގައި އެމްޑީޕީގެ ސަފުތައް އަލުން ރުކުރުވާލައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމެވެ.
ކޮމެންޓު ފޮނުވާ