ރިޔާސީ ބަޔާނަށް ޖަވާބު ދިނުން މާދަމާ

ރިޔާސީ ބަޔާނަށް ޖަވާބު ދިނުން މާދަމާ

Author
މުޙައްމަދު ޝަޒައިމް
08 މާރޗް 2022 07:20
0

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ރިޔާސީ ބަޔާނަށް ޖަވާބުދެއްވުން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައީސް ޞާލިހު ދެއްވި ރިޔާސީ ބަޔާނަށް މާދަމާގެ ޖަލްސާގައި ޖަވާބު ދިނުމަށް އެޖެންޑާކޮށްފައިވާއިރު، މާދަމާގެ ފުރަތަމަ މަސައްކަތަކަށްވެސް އޮތީ މިމަސައްކަތެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވާގޮތުން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިއްބެވި ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަވަންވާނެކަމަށެވެ.

މިހާރު މަޖިލީހުގައި މެންބަރުން ތިއްބެވި ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ. ސަލީމަށް އެފުރުޞަތު ލިބިވަޑައިގަންނަވަނީ އެމްޑީޕީ ފިޔަވާ އެންމެ ގިނަ މެންބަރުން ތިއްބަވަނީ ޕީޕީއެމްގައި ކަމަށްވާތީއެވެ. މަޖިލީހުގައި ޕީޕިއެމްގެ 6 މެންބަރުން ތިއްބަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.