އެެއް ފަހަރާ 18 ބިސް އަތަށް ލައިގެން ރިކޯޑެއް

އެެއް ފަހަރާ 18 ބިސް އަތަށް ލައިގެން ރިކޯޑެއް

Author
މުޙައްމަދު ޝަޒައިމް
07 މާރޗް 2022 09:54
0

އަތުގެ ނުފުށުން އެއް ފަހަރާ 18 ބިސް އުފުލައިގެން އަރައްބަކު ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.

މި ރިކޯޑް ހަދާ ގިނިސް ވޯލްޑް ރިކޯޑް ފޮތުން ޖާގަ ހޯދާފައިވަނީ އިރާނުގެ ރައްޔިތެއްކަމަށްވާ އިބްރާހިމް ސިއްދީގެވެ. އޭނާ ވަނީ އަތުގެ ނުފުށުން 18 ބިސް ފަސް ސިކުންތައްވުރެ ގިނަ އިރު ވަންދެން އުފުލާފައެވެ. މީނާ މި ރިކޯޑް ހެދީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އަތުގެ ނުފުށުން އެންމެ ގިނަ ބިސް އުފުލައިގެން މިހާތަނަށް ދުނިޔޭގެ ރެކޯޑް އޮތީ އިނގިރޭސި ރައްޔިތެއްކަމަށްވާ ޖެކް ހެރިސް ކިޔާ މީހެއްގެ އަތުގައެވެ. އެނާވެސް ވަނީ އަތުގެ ނުފުށުން 18 ބިސް އުފުލާފައެވެ.

އޭނާ މި ރިކޯޑް ހެދީ 2020 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.