އިނގިރޭސި ލީގުގައި ޓޮޓްނަމް އާއީ ލެސްޓާ ސިޓީން އެޓީމު ކުޅުނު މެޗުތައް ކާމިޔާބުކޮށް ލީގުގައި މުހިންމު މޮޅެއް ހޯދައިފިއެވެ.
ޓޮޓްނަމް ވަނީ ރަށުން ބޭރުގައި ވެސްޓބްރޮމްއާ ވާދަކޮށް 1-0 މޮޅުވެފައެވެ. ލެސްޓާ ވަނީ ހަމަ މިނަތީޖާއިން ވުލްވޯސް މައްޗަށް ކުރި ހޯދާފައެވެ. ޓޮޓްނަމުން މެޗު ކާމިޔާބުކުރީ މެޗު ނިމެން މިނިޓަކަށް ވެފައިވަނިކޮށް ހެރީ ކީން ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އޭނާ ލީގުގައި ކުޅުނު 217 މެޗުން އޭނާ ކާމިޔާބުކުރި 150ވަނަ ލަނޑެވެ. މިލަނޑާއެކު ކީންވެފަވަނީ އިނގިރޭސި ލީގުގައި 150 ލަނޑުހަމަކުރި 10ވަނަ ކުޅުންތެރިޔާއަށެވެ. މި މޮޅާއެކު ޓޮޓްނަމް ވަނީ 8 މެޗުން 17 ޕޮއިންޓް ހޯދާފައެވެ.
ލެސްޓާ ސިޓީން ވޮލްވޯސް މައްޗަށް ކުރިހޯދީ 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު، ލިބުނު ޕެނެލްޓީއަކުން ޖަހައިދިނީ ޖިމީ ވާޑީއެވެ. ވާޑީ އަށް ވަނީ ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތެއް ލިބިފައެވެ. އެކަމަކު މެޗުގައި ލެސްޓާއަށް ލިބުނު ދެވަނަ ޕެނަލްޓީ ވޮލްވޯސްގެ ކީޕަރު ޕެޓްރީސިއޯ ވަނީ ދިފާއުކޮއްފައެވެ. މިއީ މި ސީޒަނުގެ ލީގުގައި މިހާތަނަށް ލެސްޓާއަށް ލިބުނު 8ވަނަ ޕެނަލްޓީއެވެ.
ލެސްޓާއިން ލީގުގައި ކުޅުނު 8 މެޗު 18 ޕޮއިންޓް ހޯދާފައެވެ. މިއީ ލީގުގެ ތާރީހުގައިވެސް ފުރަތަމަ 8 މެޗުން އެޓީމު ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.