ބާންލީ އަތުން ޗެލްސީއަށް ފަސޭހަ މޮޅެއް

ބާންލީ އަތުން ޗެލްސީއަށް ފަސޭހަ މޮޅެއް

Author
ޔޫސުފް
06 މާރޗް 2022 01:22
0

އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ބާންލީ އަތުން ޗެލްސީ ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ޗެލްސީ ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 0-4 ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ފުރަތަމަ ހާފުގައި އެއްވެސް ލަނޑެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް، ޗެލްސީން ވަނީ ލަނޑު ޖަހާނެ ފުރުޞަތުތައް ތަނަވަސްކޮށްފައެވެ. މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު އެޓީމުން ޖެހީ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގެ ތެރޭގައެވެ. މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ، ރީސް ޖޭމްސްއެވެ. ޗެލްސީގެ ދެވަނަ ލަނޑު 52 ވަނަ މިނެޓުގައި ކައި ހަވާޓްޒް ކާމިޔާބުކޮށްދިންއިރު، އޭގެ 3 މިނެޓު ފަހުން އަނެއްކާވެސް ހަވާޓްޒް ވަނީ އިތުރު ލަނޑެއް ޗެލްސީއަށް ކާމިޔާބުކޮށްދީ، ލީޑު ފުޅާކޮށްފައެވެ. މި މެޗުގައި ޗެލްސީން ޖެހި ހަތަރު ވަނަ ލަނޑު 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ކްރިސްޓިއަން ޕުލިސިޗްއެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން ހޯދި 53 ޕޮއިންޓާއެކު ޗެލްސީ އޮތީ ލީގު ތާވަލްގެ 3 ވަނައިގައެވެ. މި މެޗުން ބަލިވި ބާންލީ އޮތީ 26 މެޗުން ލިބުނު 21 ޕޮއިންޓާއެކު ލީގު ތާވަލްގެ 18 ވަނައިގައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ދެން ކުޅެން ޖެހޭ މެޗުގައި މާރޗް 11 ވަނަ ދުވަހު ނުކުންނާނީ ނޮވިޗް ސިޓީ އާއި ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.