ހިޔާ ފްލެޓް ސަރަހައްދު މަގުތަކުގައި ތާރު އަޅައި ނިންމާލައިފި

ހިޔާ ފްލެޓް ސަރަހައްދު މަގުތަކުގައި ތާރު އަޅައި ނިންމާލައިފި

Author
މުޙައްމަދު ޖިމީ
03 މާރޗް 2022 10:06
0

ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ ހުރިހާ މަގެއް ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިއްމާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ ހިޔާ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި އާންމުންނަށް މާދަމާއިން ފެށިގެން މި މަގުތައް ބޭނުންކުރެވޭނެކަމަށްވެސް އެޗްޑީސީން ބުންޏެވެ. އެޗްޑީސީން ބުނީ، އެކުންފުނީގެ އަމާޒަކީ، މި މަސް ނިމެންވާއިރަށް ޒަރޫރީ ބޭނުންތައް އެ ސަރަހައްދުން ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ނިންމަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކަށެވެ. އެޗްޑީސީން ކުރިން ނިންމައިގެން ތިބީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މައިގަނޑު މަސައްކަތްތައް ނިންމުމަށެވެ. ނަމަވެސް އިންޑިއާ ކުންފުންޏާ ހަވާލާދީ އެޗްޑީސީން މީގެކުރިން ބުނީ މަގުތައް ނިންމުން ލަސްވީ ކޯވިޑް 19އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން މިހާރު ފަށާފައިވާއިރު އެތަނުގައި ނުނިމި ހުރި މަސައްކަތްތަކާއި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މަގުތައް ނިންމުމުގެ މަސައްކަތުގެ އިތުރަށް މިސްކިތްތައް ބިނާ ކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.