ޕޮލިސް ބޯޑުގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕެއިންގައި އިމްތިޔާޒް ފަހުމީއަށް ކެމްޕެއިންކޮށްދެއްވުމަށް ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންވަމުން އެބަ ގަންދަވައެވެ.
މިގޮތުން ޗެއަރޕާސަންގެ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާ މިދަނޑިވަޅުގައި އެ އިންތިީޚާބުގައި ވާދަކުރައްވާ އިމްތިޔާޒް ފަހުމީއާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލްވެސް ވަނީ އައްޑުއަށް ވަޑައިގެންފައެވެ. އައްޑޫއަށް ކެމްޕެއިން ޓީމް ވަޑައިގެންނެވިިއިރު، އިންތިގެ ކެމްޕެއިންގައި ޙާމިދު ދަނީ ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ.
ހާމދިު ގެންދަވަނީ އިންތިގެ ކެމްޕެއިންގައި ދޮރުން ދޮރަށްވެސް ވަޑައިގަންނަވަމުންނެވެ.
ޕޮލިސް ބޯޑުގައި ޙާމިދު ހިމެނިވަޑައިގަންނަވަނީ މަޖިލީހުން ކަނޑައަޅުއްވާ މެންބަރެއްގެ ގޮތުގައެވެ. ޕޮލިސް ބޯޑު މެންބަރު ޕާޓީގެ ކެމްޕެއިންގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާއިރު ޕޮލިސް ބޯޑު އެކުލެވިގެންވާގޮތާއި ގުޅޭގޮތުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެ ބޯޑަށް އަމާޒުވެފައެވެ. ޕޮލިސް ބޯޑުގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ އަމާޒުވާ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެބޯޑުން ވަނީ ފުލުހުންގެ ބައެއް އިސް އޮފިޝަލުންތަކެއް ވަކިކުރުމަށްވެސް ނިންމާފައެވެ.
ކުރީގެ މެންބަރުކަން ކުރައްވާފައިވާ ޙާމިދު ޢަބްދުލްޣައްފޫރު ވަނީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ފުލުހުންނަށް ކުޑަކަމުދާ ތަކެތި ދިނުމަށް ދެކޮޅު ހަދާފައެވެ.
ކޮމެންޓު ފޮނުވާ