ހިންމަފުށީ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 81 ޕަސަންޓް ވަނީ ނިމިފައިވާކަމަށެވެ. އަދި ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެފަހު ޝިޕްމެންޓް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ.
ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެފަހު ޝިޕްމެންޓް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފަ. އަދި އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 81 ޕަސަންޓް ވަނީ ނިމިފައި.#MTCCProjects #RayyithungeKunfuni pic.twitter.com/w9fgCFer3H
— MTCC Plc (@MTCCPlc) February 28, 2022
ހިންމަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ހިމެނޭ ސަރަހައްދުން 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވަނީ ފުންކޮށް ނިންމާފައެވެ. މިހާރު ކުރަމުންދަނީ އެއްގަމު ތޮށިލުމަށް ބޭނުން ކުރާ ކޮންކްރީޓް ބޮލޮކްތައް އެޅުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން 38 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިން ރިވެޓްމަންޓް ޖެހުމާ 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލާ ނެރު ބައްތި ހަރުކުުރުމަށްވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެކި ރަށްރަށުގައި ބަނދަރު ހެދުމާއި ހަލާކުވެ ބޭނުން ނުކުރެވޭރުވެފައި ހުރި ބަނދަރުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ހިންމަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 25.88 މިލިއަން ރުފިޔާއަށެވެ.
ކޮމެންޓު ފޮނުވާ