އިންޑިއާއަށް ނިސްބަތްތާ ނިލަންޝާ ޕަޓެލް ނަމަކަށް ކިޔާ ކުއްޖަކު މި ވަނީ 21 ނޮވެމްބަރ 2018 ވަނަ އަހަރު ތެރޭގައި އެންމެ ދިގު އިސްތަށިގަނޑު ހުރި ކުއްޖާގެ ރެކޯޑް ހަދާފައެވެ. އަނެއްކާ މިހާރު އެ ރެކޯޑް މުގުރާލީވެސް ހަމަ އޭނާއާއެވެ.
2018 ވަނަ އަހަރު އިޓަލިއަންގެ ޓެލެވިޒަން ޝޯ (ދަ ނައިޓް އޮފް ރެކޯޑް)ގައި އޭނާގެ އިސްތަށިގަނޑުގެ މިން އަޅާފައިވާއިރު، އެ އިސްތަށިގަނޑޫގައި 170.5 ސެންޓިމީޓަރު ހުއްޓެވެ. ނިލަންޝާ ދަނީ އުމުރުން ހަ އަހަރުން ފެށިގެން އޭނާގެ އިސްތަށިގަނޑު ދިގު ކުރަމުންނެވެ. އެއީ އޭނާގެ އިސްތަށިގަނޑު ހެއާ ޑްރެސާއެއް އޭނާއަށް ކަމުނުދާ ގޮތަކަށް އިސްތަށިގަނޑު ކޮށާލި ފަހުންނެވެ.
އެ ފަހަރު ވަރަށް ކަމުނުދާ ކަހަލަ ގޮތަކަށް އަހަރެންގެ އިސްތަށިގަނޑު ކޮށާލީ، އަހަރެން ދެން ވިސްނީ ދެން ނުކޮށާނަމޭ އިސްތަށިގަނޑު، އެއީ އުމުރުން ހަ އަހަރުގައި.
– އޭނާ ބުނެފައި ވެއެވެ.
ނިލަންޝާ އޭނާގެ އިސްތަށިގަނޑު އަދިވެސް ދިގު ކުރުމާއި މެދު ވިސްނުމެއް ނުގެންގުޅެއެވެ. އަދި ޒުވާނުންގެ ކެޓަގަރީގައި ބައިވެރިވުމާއި މެދުވެސް ގޮތެއް ނުނިންމައެވެ.
ގައިނެސް ވޯލްޑް ރެކޯޑް އިން ބުނާގޮތުގައި، އިސްތަށިގަނޑުގެ ދިގުމިން ބަލަން ޖެހޭނީ އިސްތަށިގަނޑު ތެންމާލައިގެންނެވެ. އަދި އިސްތަށިގަނޑު ސީދާ އެއްޗެއްގެ މަތީގައި ބާއްވާއިރު، މިން ނަގާ ފަތިގަނޑު ރަނގަޅަށް ދައްކަން ޖެހެއެވެ. ނިލަންޝާއަށް ގިނަބަޔަކު ރެޕަންޒިލްގެ ނަމުން މުހާތަބު ކުރާއިރު، އޭނާގެ ކުރީގެ ރެކޯޑް ފަހުން މުގުރާލާފައި ވަނީ އުމުރުން 18އަހަރުގައެވެ.
ނިލަންޝާގެ މަންމަ އޭނާގެ އިސްތަށިގަނޑު ދިގުކޮށް ބޭއްވުމަށް ހިތްވަރު ދެއެވެ. އަދި އިސްތަށިގަނޑު ރީތިކޮށް ގެންޅުމަށް އެހީތެރިވެދެއެވެ.
ކޮމެންޓު ފޮނުވާ