ސަސް އަތުން އީގަލްސް އަށް ހަނި މޮޅެއް

ސަސް އަތުން އީގަލްސް އަށް ހަނި މޮޅެއް

Author
ޔޫސުފް
27 ފެބްރުއަރީ 2022 07:29
0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އަތުން ކްލަބް އީގަލްސް ހަނި މޮޅެއް ހޯދައިފިއެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު އީގަލްސް އިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ހޯދި މުހިއްމު 3 ޕޮއިންޓާއެކު ކްލަބް އީގަލްސް އޮތީ ލީގުގައި މިހާތަނަށް ކުޅުނު 3 މެޗުން ހޯދި 6 ޕޮއިންޓާއެކު ލީގުގެ 4 ވަނައިގައެވެ. މެޗުން ބަލިވި ސަސް އޮތީ ލީގުގައި ކުޅުނު 3 މެޗުންވެސް ބަލިވެ ޓޭބަލްގެ ފުލުގައެވެ.

އީގަލްސް އާއި ސަސް ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކްލަބް އީގަލްސް އިންނެވެ. އެޓީމުން މި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އީގަލްސް އަށް ކާމިޔާބުކޮށްދިނީ، އަޙުމަދު ހަސަންއެވެ. އީގަލްސް އިން ލީޑު ފުޅާކުރި ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޢަބްދުﷲ ޒިޔާންއެވެ.

މި މެޗުގައި ސަސް އިން ޖެހި ލަނޑަކީ މެޗުގެ 85 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ޢަބްދު ހަނީފް ކާމިޔާބުކޮށްދިން ލަނޑެކެއެވެ. މި ޕެނަލްޓީ އަކީ ސަސްގެ ޔަސްފާދު ހަބީބު (މުލަކޭ) އަށް އޭރިއާ ތެރެއިން އީގަލްސްގެ ކީޕަރު މުހައްމަދު ތަހާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ޓީސީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.