ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ 5 ދުވަސް ފަހުން ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ 5 ދުވަސް ފަހުން ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
27 ފެބްރުއަރީ 2022 11:27
0

މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދަނީ ޅ. ނައިފަރު/ ޑޭޒީހިޔާ، އުމުރުން 23 އަހަރުގެ އަޙްމަދު ވިއާމްއެވެ.

ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ފުލުހުން މިއަދު ބުނެފައިވަނީގެއްލިގެން ހޯދަމުންދިޔަ އަޙްމަދު ވިއާމް (23އ) ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އަދި އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.