މަދީހަކީ ލާމަރުކަޒީ ނިޒާމަށް ފަރިތަ، ޚިދުމަތުގެ ފެހި ތާރީޚެއް އޮތް ބޭފުޅެއް: ޝިޔާމް

މަދީހަކީ ލާމަރުކަޒީ ނިޒާމަށް ފަރިތަ، ޚިދުމަތުގެ ފެހި ތާރީޚެއް އޮތް ބޭފުޅެއް: ޝިޔާމް

ކުރެންދޫ ކައުންސިލް ރައީސްކަމުގެ މަޤާމަށް ވާދަކުރާ އިސްމާއިލް މަދީހަކީ ލާމަރުކަޒީ ނިޒާމަށް ފަރިތަ، ރައްޔިތުންނަށް ޚިދުމަދުމަތް ކުރުމުގެ ފަހި ތާރީޚެއް އޮތް ބޭފުޅެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުރެންދޫ ކައުންސިލް ރައީސް ކަމުގެ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރަނީ އިސްމާއިލް މަދީހުއެވެ. އޭނާއަކީ މީގެ ކުރިންވެސް ކުރެންދޫ ކައުންސިލް ރައީސްކަމުގެ މަޤާމު ފުރުއްވި ބޭފުޅެކެވެ. މިއިންތިޚާބުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ޝިޔާމް ވިދާޅުވީ ކުރެންދޫ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ މާދިހަކީ ކުރެންދޫ ރައްޔިތުންގެ ޚިދުމަތުގައި ނަމޫނާ ދައްކާފައިވާ ޚިދުމަތްތެރިއެއްކަމަށެވެ.

ޅ.ކުރެންދޫ ކައުންސިލްގެ ހުސްވެފައިވާ ރައީސްގެ މަޤާމަށް ޕީ.ޕީ.އެމްގެ ޓިކެޓްގައި ވާދަކުރައްވާ އިސްމާޢީލް މަދީޙަކީ ލާމަރުކަޒީ ނިޒާމަށް ފަރިތަ ރައްޔިތުންނާ ގާތުން ޚިދުމަތްކުރެއްވުމުގެ ފެހި ތާރީޚެއް އޮތްބޭފުޅެއް. މިފަހަރު އިއްސެ.

– ކުރެންދޫގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ޝިޔާމް ވިދާޅުވިއެވެ.

ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބެއް ބާއްވަނީ ކައުންސިލްގެ ރަައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު މިދިޔަ މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާއަކީވެސް އެމްޑީޕީއަށް ނިސްބަތްވާ މީހެކެވެ.

މިއިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 28 ވަނަ ދުވަހުގައެވެ.

މިހާތަނަށް ބޭއްވުނު އިންތިޚާބުތަކުގެ ނަތީޖާއަށް ބަލާއިރު، އެމްޑީޕީން ދެ ފަހަރު އަދި ޕީޕީއެމުން ދެ ފަހަރު ކުރެންދޫ ކައުންސިލްގެ މެޖޯރިޓީ ނަގާފައިވެއެވެ. މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުރެންދޫ ކައުންސިލްގެ ފަސް ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މަދީހު ކިތައްމެ ފަރިތައަސް ތިޕާޓީ ފަރިތަނޫނިއްޔާ ވޯޓުދޭ މީހުން ވޯޓެއް ނުދޭނެއެއްނު.

Leave a Reply

Your email address will not be published. Required fields are marked *