ރަންބީރު ފުރަތަމަ ފަހަރަށް ތާޖްމަހަލަށް، އެކަމަކު ބައިވެރިޔަކީ އާލިއާއެއް ނޫން

ރަންބީރު ފުރަތަމަ ފަހަރަށް ތާޖްމަހަލަށް، އެކަމަކު ބައިވެރިޔަކީ އާލިއާއެއް ނޫން

Author
ފާތިމަތު ނާވީ
25 ފެބްރުއަރީ 2022 05:27
0

"ލޯބީގެ ބިނާ" ގެ ގޮތުގައި މަޝްހޫރު "ތާޖް މަހަލް" އަށް ފުރަތަމަ ފަހަރަށް ރަންބީރު ކަޕޫރު ޒިޔާރަތް ކޮށްފިއެވެ.

ނަމަވެސް އޭނާ އެތަނަށް ދިޔައީ ލޯބިވެރިޔާ އާލިއާ ބަޓް ގޮވައިގެންނެއް ނޫނެވެ. ރަންބީރާއިއެކުގައި މިދަތުރުގައި ބައިވެރިވީ އަރްޖުން ކަޕޫރެވެ.

އަރުޖުން ވަނީ ތާޖްމަހަލް ފެންނަ ގޮތަށް ރަންބީރުގެ ފޮޓޯއެއް ނަގައި އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިއީ އާގްރާގައި ބޭއްވި ޑައިރެކްޓަރ ލަވް ރަންޖަންގެ ކައިވެނީގައި ބައިވެރި ވުމަށް އެމީހުން ދިޔަ ދިޔުމެކެވެ.

 

View this post on Instagram

 

A post shared by Arjun Kapoor (@arjunkapoor)

މި ފޮޓޯއަށް ބަތަލާ ރަކުލް ކުރި ކޮމެންޓަކަށް ރިޕްލައި ކުރަމުން އަރުޖުން ބުނެފައިވަނީ ފުރަތަމަ ފަހަރަށް ރަންބީރު ތާޖް މަހަލަށް ދިޔައީ އާލިއާގެ ބަދަލުގައި އޭނާ ގޮވައިގެން ކަމަށެވެ.

ރަންބީރާއި އާލިއާ ލޯބީގެ ގޮތުން އުޅިގެން އުޅޭތާ މިހާރު 3 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެެވެ. އަދި ދޭތެރެ ދޭތެރެއިން ކައިވެނީ ކުރަން އުޅޭ ކަމުގެ ހަބަރުތައް ވެސް އާދެއެވެ. ނަމަވެސް ރަސްމީކޮށް އަދިވކައިވެނި އިއުލާން ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.