ވިޔަރެއާލް އާއި ޔުވެންޓަސްގެ ރުތަމަ ކުރިމަތިލުން ހަމަހަމަ

ވިޔަރެއާލް އާއި ޔުވެންޓަސްގެ ރުތަމަ ކުރިމަތިލުން ހަމަހަމަ

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2022 03:06
0

ޔުއޭފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ފުރަތަމަ ލެގްގައި ވިޔަރެއާލް އާއި ޔުވެންޓަސް ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ.

ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ އެއްވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ ޔުވެންޓަސް. މިލަނޑު އެޓީމަށް ޖަހައިދިނީ ޑުސާން ވްލަހޮވިޗެވެ. މިލަނޑު ވެފައިވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ޖެހި އެންމެ އަވަސް ޑާބީ ގޯލެކެވެ. މިމެޗްގައި ވިޔަރެއާލްއިން އެއްވަރު ކުރި ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ޖެހީ ޕަރޭހޯއެވެ.

މިސީޒަންގައި އަވޭ ގޯލް ރޫލް ބޭނުން ނުކުރާގޮތަށް ނިންމާފައިވުމުން ދެވަނަ ލެގަށް މީގެ ތިން ހަފްތާ ފަހުން ޔޫވެންޓަސްގެ ދަނޑުގައި ބައްދަލުކުރާއިރު މިދެޓީމްވެސް އުޅެނީ ޕޮއިންޓުގެ ގޮތުން އެއްހަމައެއްގައެވެ. އަދި އަވޭ ގޯލް އެޑްވާންޓޭޖެއް ޔުވެންޓަސްއަކަށް ނޯންނާނެ. ނަމަވެސް އަމިއްލަ ދަނޑުގައި ކުޅުމުގެ އެޑްވާންޓޭޖް އެޓީމަށް އޮންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.