ކުއްލި ޞިއްޚީ ފަރުވާއަކަށް ރައީސް މިއަދު ސިންގަޕޫރަށް

ކުއްލި ޞިއްޚީ ފަރުވާއަކަށް ރައީސް މިއަދު ސިންގަޕޫރަށް

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2022 12:36
0

ކުއްލި ޞީއްޚީ ފަރުވާއަކަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރައވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑޮކްޓަރުގެ ލަފާގެމަތިން އަޅުގަނޑު ތައިރޮއިޑް ފަރުވާއަކަށް މިއަދު ސިންގަޕޫރަށް ފުރައިވަޑައގަންނަވާކަމަށެވެ.

ރައީސް މިއަދު ސިންގަޕޫރަށް ފުރައި ވަޑައިގަންނަވާއިރު، މީގެ ހަފްތާއެއް ދުވަސް ކުރިންވެސް އެމަނިކުފާނު ވަނީ 5 ދުވަހުގެ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ.

ތައިރޮއިޑް ހުރިކަން ނޭނގި ގިނަ ދުވަސް ވެއްޖެ ނަމަ ނުވަތަ ފަރުވާ ނުކޮށް ގިނަ ދުވަހު ބަހައްޓައިފި ނަމަ ޑިޕްރެޝަން އާއި ވަރުބަލިވުމާއި ހުޅުތަކުގައި ރިއްސުމާއި ގައިގައި ރިއްސުމާއި ބަރުވުން އަދި ބޮލުން އިސްތަށި ފޭބުން ފަދަ ކަންކަމާ ކުރިމަތިވާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.