ޔޫވީ ފުރަތަމަ މޮޅު ހޯދިއިރު، ވެލެންސިއާ މި ސީޒަންގައި ފުރަތަމަ ފަހަރަށް ބަލިވެއްޖެ

ޔޫވީ ފުރަތަމަ މޮޅު ހޯދިއިރު، ވެލެންސިއާ މި ސީޒަންގައި ފުރަތަމަ ފަހަރަށް ބަލިވެއްޖެ

Author
ޔޫސުފް
23 ފެބްރުއަރީ 2022 12:57
0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ އެޓީމުގެ ފުރަތަމަ މޮޅު ހޯދިއިރު، ކްލަބް ވެލެންސިއާ މި ސީޒަނުގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވެއްޖެއެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ ނުކުތީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. މި މެޗު ޔޫވީން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. އަދި ލީގުގައި މިރޭ ކްލަބް ވެެލެންސިއާ ވަނީ ކްލަބް ގްރީން ސްޓްރީޓްސް އަތުން 0-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. މިއީ މި ސީޒަނުގައި ވެލެންސިއާ ބަލިވި ފުރަތަމަ މެޗުވެސް މެއެވެ.

ޔުނައިޓެޑް ވިކްޓްރީ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފް ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗުގައި ޔޫވީން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އަނަޓޯލީ ވްލަޝީޗޭފްއެވެ.

ލީގުގައި މިރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ކްލަބް ވެެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސްއެވެ.

މި ސީޒަނުގައި ވެލެންސިއާާ ބަލިނުވެ އޮތްއޮތުން ނިމުމަކަށް އައި މި މެޗުގައި ގްރީން ސްޓްރީޓްސް އިން ވެލެންސިއާ ކޮޅަަށް ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. މި ލަނޑު 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި ހަސަން ނަޒީމް (ޗޯޓު)އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.