ޕީސީބީގެ ރައީސް ޢާސިމަށް މަޖިލީހުން ރުހުންދީފި

ޕީސީބީގެ ރައީސް ޢާސިމަށް މަޖިލީހުން ރުހުންދީފި

Author
މުޙައްމަދު ޖިމީ
22 ފެބްރުއަރީ 2022 01:21
0

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސަކަށް އައްޔަންކުރައްވާފައިވާ ޢާސިމް މުޙައްމަދަށް ރުހުންދޭން މަޖިލީހުން ފާސްކޮށްފިއެވެ.

ޕީސީބީގެ ރައީސަކަށް ޢާސިމް މުޙައްމަދަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރީ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީންނެވެ. ކޮމިޓީގެ ނިންމުމާއި އެއްގޮތަށް ޢާސިމަށް ރުހުން ދޭން މަޖިލީހުން ފާސްކުރެއްވީ 55 މެންބަރުންގެ ވޯޓުންނެވެ.

ޕީސީބީގެ ރައީސްކަމަށް ޢާސިމް އައްޔަންކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ. ޕީސީބީގެ ރައީސްކަމަށް އާސިމް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ އެ ބޯޑްގެ ނާއިބު ރައީސްކަމުގެ މަޤާމުގައެވެ.

ޕީސީބީގެ ބޯޑުގައި ޢާސިމްގެ އިތުރުން ދެން ތިއްބެވި މެންބަރުންނަކީ ޢާއިޝަތު ޝާޒްލީއާއި، ޢަލީ ޝަފީއުއާއި، އަހްމަދު ޝަރީފް ޔޫސުފާއި، ރުޝާހާ އަޙްމްދު ޝަރީފްގެ އިތުރުން ޢަލީ ސުޖާއުއެވެ.

ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން 771 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުގެ މިއަހަރު ބަޖެޓުގައި ވަނީ ކަނޑައަޅުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.