ފަހަތުން އަރައި ސަސް ބަލިކޮށް ޓީސީން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި

ފަހަތުން އަރައި ސަސް ބަލިކޮށް ޓީސީން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި

Author
ޔޫސުފް
21 ފެބްރުއަރީ 2022 07:51
0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފަހަތުން އަރައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިއަދު ހަވީރު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޓީސީން ކާމިޔާބުކުރީ 1-2 ގެ ނަތީޖާ އަކުންނެވެ.

ލީގުގައި ޓީސީ ކުުޅުނު ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އަތުން ވަނީ ބަލިވެފައެވެ. އަދި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ވެސް ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޗެމްޕިއަން މާޒިޔާ އަތުން ބަލިވެފައެވެ.

ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ކުރީކޮޅު ސަސް އިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ ފުރަތަމަ މިނެޓުގައި ސަސްއަށް ކާމިޔާބުކޮށްދިނީ، އަލީ ނަސޫހް ރަޝީދުއެވެ.

ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓީސީއަށް ލިބުނު ކޯނަރަކުން ލަނޑު ޖަހާ އެޓީމުންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި މި ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ، އަޙުމަދު ސާމިއުއެވެ. މި މެޗުން ޓީސީ މފުރިހަމަ މޮޅުވީ ފުރިހަމަ ވަގުތު ހަމަވާން 6 މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއެއްގައި އުފެއްދި ހަމަލާއަކުންނެވެ. އެންމެ ފުރަތަމަ ޓީސީގެ މުސްލިހް ފޮނުވާލި ޕެނަލްޓީ ސަސްގެ މުހައްމަދު ޝަފީއު މަތަކުރުމުން ރިބައުންސްވެގެން އައި ބޯޅަ މުސްލިހު ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި އީގަލްސްއެވެ. މި މެޗު ފަށާނީ 9:00 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.