އިންތިގެ ކެމްޕެއިން ޖަގަހައަށް ކަޅުތެޔޮ ޖަހައިފި

އިންތިގެ ކެމްޕެއިން ޖަގަހައަށް ކަޅުތެޔޮ ޖަހައިފި

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2022 09:32
0

އައްޑޫ ސިޓީގައި ހުޅުވި އިންތިގެ ޖަގަހައަށް ކަޅުތެޔޮ ޖަހައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ ދެ ކެނޑިޑޭޓުގެ މެދުގައި ކެމްޕެއިންގެ ފޯރިގަދަވެފައިވާއިރު، މިއިންތިޚާބަށް ކެމެޕެއިން ޖަގަހަތަކާއި، އޮފީސްތައް އެކި ރަށްތަކުގައި ދަނީ ހުޅުވަމުންނެވެ. މިގޮތުން އައްޑޫ ސިޓީގެ ބަރުލަމާނީ ގަރާޖުގައި ހުޅުވި އިންތިގެ ޖަގަހައަށް އިއްޔެ ބަޔަކު ވަނީ ކަޅުތެޔޮ ޖަހާފައެވެ.

އެމްޑީޕީގެ ޗެއާޕާސަންފެ މަޤާމަށް އިންތިއާއި ވާދަކުރަނީ އިކޮނޮމިކް މިނިސްޓަރ އަދި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރު ފައްޔާޒު އިސްމާއިލެވެ. މިނިސްޓަރ ފައްޔާޒަކީ ރައީސް ޞާލިހާއިވެސް އެންމެ އަރިސް އެއްވަޒީރެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަން އިމްތިޔާޒް ވިދާޅުވީ އެނާ މިމަޤާމަށް ވާދަކުރަނީ ކޮރަޕްޝަނާއި ދުރު ޕާޓީއަކަށް ހަދައި، ޕާޓީގެ އަސާސްތައް ނެގެހެއްޓުމަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އިމްތިޔާޒް ކުރައްވާތާ މިއީ 3ވަނަ ދައުރެވެ. ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަން ނިންމެވިކަން ހާމަކުރައްވާ މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، އެ މަޤާމަށް ކުރިމަތިލެއްވީ އެމްޑީޕީ އިތުރަށް ހަރުދަނާ ކުރުމަށްކަމަށެވެ. އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކުރެއްވުމާއި އެމްޑީޕީގެ ހެޔޮ ވެރިކަން ދެމެހެއްޓުންކަމަށް މިނިސްޓަރ ފައްޔާޟްް ވިދާޅުވިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރުވެސް އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަން އިއުލާންކުރެއްވިއެވެ. އެހެންނަމަވެސް މިހާރު އޭނާ ވަނީ ވާދަ ނުކުރައްވަން ނިންމަވާފައެވެ. ޢަމްރުގެ އެ ނިންމެވުމަކީ މިވަގުތު އެޕާޓިއަށް އެންމެ ރަނގަޅުގޮތް އެދިގެން ނިންމެވި ނިންމެވުމެއްކަމަށް ޢަމްރުގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ 16ގައި ބޭއްވުމަށް އިއުލާންކޮށްފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތު މިމަހުގެ 19އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު މި ބާއްވަނީ އެ މަޤާމުގައި ހުންނެވި ހެންވޭރު ހުޅަންގު ދާއިރާގެ މެންބަރު ޙަސަން ލަޠީފްގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.