ހިޔާ އެޗް16ގެ ނަރުދަމާ ނިޒާމުގެ މައްސަލައެއް ހައްލުކުރުމަށް ފެން ކަނޑާލައިފިއެވެ.
އެޗްޑީސީން ބުނެފައިވަޏީ ހިޔާ H16 ވަނަ ޓަވަރުގެ ނަރުދަމާ ނިޒާމްގެ މަސައްކަތްތަކެއް ކުރުމަށްޓަކައި މިރޭ ރޭގަނޑު 19:30 އިން 21:30 އަށް މި ޓަވަރުގެ ފެނުގެ ޚިދުމަތް މެދު ކެނޑިގެން ދާނެ ކަމަށެވެ.
އަދި މިމަސައްކަތުގެ ބާވަތުން މިވަގުތަށް ވުރެއް އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. މިކަމުގެ ސަބަބުން ފުލެޓުގައި ދިރިއުޅޭމުންދާ އަދި ފުލެޓުގައި މަސައްކަތްކުރަމުން ގެންދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެޗްޑީސީން ވަނީ މަޢާފަށް އެދިފައެވެ.
ހިޔާ ފްލެޓްތަކުގައި ގިނަ އަދަދެއްހެ ބަޔަކު މިހާރު ދިރިއުޅެމުންދާއިރު، އެޗްޑީސީން ގެންދަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.
ކޮމެންޓު ފޮނުވާ