ދައުލަތަށްވުރެ ކުއްވެރިން ގަދަވަނީ، ޤާނޫނުތައް ތަންފީޒު ނުކުރެވޭތީ: މޫސަ

ދައުލަތަށްވުރެ ކުއްވެރިން ގަދަވަނީ، ޤާނޫނުތައް ތަންފީޒު ނުކުރެވޭތީ: މޫސަ

Author
މުޙައްމަދު ޝަޒައިމް
20 ފެބްރުއަރީ 2022 07:48
0

ދައުލަތަށްވުރެ ކުށްވެރިން ގަދަވެފައިވަނީ ޤާނޫނު ތަންފީޒު ނުކުރެވޭތީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ގިނަކަމާއި އެއީ ދަޢުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއްކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އިމްރާންގެގެ މިވާހަތަކާއި ގުޅިގެން މޫސަ ވިދާޅުވީ، ކުށްވެރިން އިންތިހާއަށް ގިނަވަމުންދަނީ ހެދިފައިވާ ޤާނޫނުތައް ތަންފީޒު ނުކުރެވޭތީކަމަށެވެ. ކުށްވެރިންގެ އަމަލުތަކާއި، ކުށްތަކަކީ މިރާއްޖޭގައި އިއްޔެއަކު މިއަދަކު އެކަނި ހިގަމުންދާ ކަމެއް ނޫންކަމަށާއި، މިއީ ޒަމްނާތަކެއް ވެފައިވާ ހައްލު ނުކުރެވި އޮތް މައްސަލައެއްކަމަށް މޫސަ ވިދާޅުވިއެވެ.

ކުއްކުރާމީހުން ގިނަވަނީ ޤާނޫނު ތަންފީޛު ނުކުރެވޭތީ؟ މީ މިއަދަކު އިއްޔެއަކު މިރާއްޖޭގައި އޮތްކަމެއްނޫން. އެތަށްޒަމާނަކަށް ދެމިގެން އަންނަ ސަޤާފަތެއް. މިހާރު ކުއްވެރިޔާ ގަދަވެފަ މިއޮތީ ދައުލަތައްވުރެ.

– މޫސަ ވިދާޅުވިއެވެ.

ރާއްޖޭގައި ކުށްވެރިންގެ ނިސްބަތް އިތުރުވަމުންދާތީ އެކަމުގެކަންބޮޑުވުން ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. ޚާއްސާކޮށް، ވައްކަމާއި ފޭރުމާއި، ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ މީހުން އިތުރުވެ، ކުށްވެރިންގެ ނުރައްކަލުން މުޖުތަމައު ސަލާމަތްވުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭތީ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކަރެކްޝަންގެ ދަސްވެނިވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ ކަރެކްޝަނަލް މެނޭޖްމަންޓްއިން ޑިޕްލޮމާ ހާޞިލްކޮށްގެން ނިކުންނަނީ ރާއްޖެއަށް ޢެންމެ މުޙިއްމު އަދި ބޭނުންތެރިވެފައިވާ ދާއިރާކަމަށާއި ރާއްޖޭގައި ތަކުރާރުކޮށް ކުށްކުރާ މީހުން އެމްސީއެސްއިން ބެލެހެއްޓުމަށްފަހު، މުޖްތަމަޢުއަށް ފައިދާހުރި ބައެއްގެ ގޮތުގައި ނެރުމަށް ކުރެވޭ މުޙިއްމު މަސައްކަތަށް އެޅޭ މުޙިއްމު ފިޔަވަޅެއް ކަމުގައި އަދި މި ކަމަށް ޢިލްމު އުނގެނި ދަސްކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ގިނަކަމާއި އެއީ ދަޢުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއްކަމަށާއި އެކަން ކުރުމަށް ތިބީ އެމްސީއެސްގެ ޢެންމެ މަތިން ފެށިގެން މަސައްކަތްކުރާ މުވައްޒަފުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަންނަ
މޫސާކަލޭތީކާކުތަހުރިހާތަނަކައްް އަނގަބާނަމުންތިދުވަނީީ ފިލްމްް ފަތިސްހަނދުވަރަކީީ މާޒީގެެ ފިލްމެއްް