އިންޑިއާގައިން ރާއްޖެއަށް ކޮންމެ ގޮތަކަށް ބިސްއެތެރެ ކުރި ކަމުގައި ވީނަމަވެސް، ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ޖެހޭނީ ފައިބަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤު ވިދާޅުވެއްޖެއެވެ.
އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން އޮތް ނުރައްކާތެރިކަން ހާމަކުރުމަށް މަޖިލީހުގެ 241 ކޮމެޓީގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ރާއްޖެއާއި އިންޑިއާއި އޮތް ގުޅުމަކީ ހަމައެކަނި އަސްކަރިއްޔާގެ ތެރެއިން އޮތް ގުޅުމެއް ނޫންކަމަށެވެ. ދިވެހިންގެ އެެންމެ އަސާސީ ކަންކަމުގައިވެސް އެންމެ ބޮޑަށް ބަރޯސާވާންޖެހެނީ އިންޑިއާއަށް ކަމަށްވާއިރު، މިހާރު ހިންގާ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގެއްލުންވާނީ ރާއްޖޭގެ ރައްޔިތުންނަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.
ތިބޭފުޅުންނަށްވެސް އެގިވަޑައި ގަންނަވާނެ ރާއްޖެ އެތެރެކުރާ ކޮންމެ ތިން ބިހުން ދެބިސް އެއީ އިންޑިއާއިން އެތެރެކުރާ ބިސް. 90 ޕަސެނޓް ހަނޑޫ ގާތްގަނޑަކަށް އެއީ އިންޑިއާއިން އެތެރެކުރާ ހަނޑޫ. 88 ޕަސެންޓު ނުވަތަ 90 ޕަސެންޓާއި ހަމައަށް ފިޔާވެސް މިގެންނަނީ އިންޑިއާއިން.
– މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ އެވެ. އިންޑިޔާ ސިފައިން އަށް މިޤައުމަކު ނުތިބެވޭނެއެވެ. ޖެހޭނީ ހަމަ ފައިބާށެވެ. 3 ބިހުން 2 ބިސް ގެންނަނީ އިންޑިޔާއިން ހަވާދު ލައިގެން ކަމަށްވިޔަސް ވަރިހަމައެވެ. pic.twitter.com/3OxJgmlMW0
— Ahmed Thariq (@AhmedThaariq) February 17, 2022
މާރިޔާގެ ވާހަކަތަކާއި ގުޅިގެން ޓޮމް ވިދާޅުވީ، ރާއްޖެއަށް އެތެރެ ކުރާ ތިން ބިހުގެ ތެރެއިން ދެބިސް ގެންނަނީ ހަވާދުލައިގެން ކަމަށްވިޔަސް، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ޖެހޭނީ ފައިބަންކަމަށެވެ. އިންޑިއާ ސިފައިންނަށް ރާއްޖެއިން ޖާގައެއް ނެތްކަމަށާއި، އެފުރުސަތުވެސް ދެވެން ނެތްކަމަށް ޓޮމް ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާއެވެ. އިންޑިޔާ ސިފައިން އަށް މިޤައުމަކު ނުތިބެވޭނެއެވެ. ޖެހޭނީ ހަމަ ފައިބާށެވެ. 3 ބިހުން 2 ބިސް ގެންނަނީ އިންޑިޔާއިން ހަވާދު ލައިގެން ކަމަށްވިޔަސް ވަރިހަމައެވެ. ޓޮމް ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރާއްޖެއިން ހަމައެކަނި ވިސްނަންވީ ސެކިއުރިޓީއަށް އެކަނި ނޫންކަމަށެވެ. ރާއްޖޭގެ ރައްޔިތުން ކޯވިޑްގެ ދަތި ދުވަސްތަކުގައިވެސް ބޭސްފަރުވާއަށް އެހީ ހޯދީ އިންޑިއާއިންކަމަށް މާރިޔާ ވިދާޅުވިއެވެ. ކޯވިޑްގެ ލޮކްޑައުންގައިވެސް އިންޑިއާއިން ރާއްޖެއަށް 15،000 މީހުންނަށް ވިސާ ހަމަޖައްސައި ބޭސްފަރުވާގެ ކަންކަން ހަމަޖެއްސިކަމަށެވެ. އަދި އެކި ބަލިތަކުގައި ދިވެހި އެތައް އާއިލާއެއް އިންޑިއާއިން ފަރުވާ ހޯދާފައިވާކަމަށެވެ.
ކުރީގެ ރައީސް ޔާމީނަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަށްވުމުން ރައީސް ޔާމީނަށް ދުނިޔޭގެ ކޮންމެ ޤައުމަކަށްވެސް ވަޑައިގެން ބޭސް ކުރެވިދާނެކަމަށާއި، ނަމަވެސް އާންމު ރައްޔިތު މީހާ ދާންޖެހެނީ ހަމަ އިންޑިއާއަށްކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ ރައްޔިތަކުވެސް މިހަރަކާތާއިމެދު ވިސްނާލަން ޖެހޭކަމަށް މާރިޔާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ