އައިޔޫއެމްއިން، އިންޑިއާގެ މުސްލިމް ޔުނިވާސިޓީއަކާއިއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

އައިޔޫއެމްއިން، އިންޑިއާގެ މުސްލިމް ޔުނިވާސިޓީއަކާއިއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

Author
މުޙައްމަދު ޝަޒައިމް
17 ފެބްރުއަރީ 2022 08:57
0

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި އިންޑިޔާގެ އަލީގާ މުސްލިމް ޔުނިވަރސިޓީ އާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއިކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެމްއޯޔޫގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. އަދި އަލިގާ މުސްލިމް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ރެޖިސްޓަރ އަބްދުލް ހާމިދެވެ.

އެއްބަސްވުމުގެ ދަށުން ދެ ޔުނިވަރސިޓީގެ ދެމުގައި ޢިލްމީ ކަންކަމާއި، ތަމްރީނާއި ދިރާސާތައް ކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށް ދެވިގެންދާނެއެވެ. ވަކިން ޚާއްސަކޮށް ދަރިވަރުން އަދި މުވައްޒަފުންގެ އެކްސްޗޭންޖް ޕްރޮގްރާމްތަށް ހިންގިގެންދިޔުމާއި ޓްރެއިނިންގ ސެޝަންސް އަދި ސެމިނާރ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެންދިޔުމާއި އަދި ދެފަރާތުން ގުޅިގެން ރިސާޗް ޕްރޮޖެކްޓްތަށް ހިންގި ގެންދާނެކަމަށް އިސްލާމިކް ޔުނިވާސިޓީން ވަނީ ބުނެފައެވެ.

މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖެއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަ ސަފީރު ޝްރީ މުނޫމަހާވަރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި އެމްއޯޔޫގައި ސޮއި ކުރުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސީނިއަރ މެނޭޖްމަންޓް ޓީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.