އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްގެ މަޤާމަށް ވާދަކުރައްވާ، އެމްޑީޕީގައި ހަރަކާތްތަކުން އިސްކޮށް ފެންނަ މެންބަރެއްކަމަށްވާ ސަފާއަތު އަޙްމަދު ޒާހިރު މިއަދު ފޯމު ހުށަހަޅައިފިއެވެ.
އެމްޑީޕީ އަންހެނުންގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އަންނަ އޭޕްރީލް މަހުގެ 16ގައި ބޭއްވުމަށް ނިންމާފައިވާ އެ އިންތިޚާބުގައި ވާދަކުރައްވާނެކަން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ހާމަކުރައްވާފައެވެ.
އިންތިޚާބުގެ ކެޕެއިން ފޯރީގައި ކުރަމުންދާއިރު، ސަފާއަތުގެ ކެމްޕެއިންގައި އިސްކޮށް ފެންނަނީ، އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ. އަދި ރޮޒޭނާއަށް ތާއީދު ކުރައްވާ ގިނަ މެމްބަރުންނަކީ ރައީސް ޞާލިހަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ. ރޮޒޭނާގެ ކެމެޕެއިންގައި ފެނިގެންދާ ޕޯސްޓަރުޓަރުތަކުގައިވެސް ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ ފައްޔާޒުއާއި ދެބޭފުޅުންގެ ފޮޓޯ ފެނިގެންދެއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ސިޔާސީ ހުރިހާ ހަރަކާތެއްގައި އަދި ކަންކަން ނިންމާ ފެންވަރުގައި އެޕާޓީގެ އަންހެން މެމްބަރުންގެ ބައިވެރިވުމާ ހިއްސާ އިތުރުކޮށް، އަންހެން މެމްބަރުންގެ އަޑު އުފުލުމަށް ހެދިފައިވާ ޕާޓީގެ އެންމެ ވަރުގަދަ އެއް ގުނަވަނެވެ. އަންހެނުންގެ ރޫހުގެ މައިގަނޑު މަސައްކަތްތަކަކީ އަންހެނުންގެ ރޫހުގެ ތަސައްވަރަށް ވާސިލުވުމުގައި ޕާޓީއަށް އަންހެން މެމްބަރުން އިތުރުކޮށް ޕާޓީގެ ހަރަކާތްތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމާމެދު ހޭލުންތެރިކޮށް، ޕާޓީގެ ނިންމުންތައް ނިންމުމުގައި ބައިވެރިވެ، އިންތިޚާބީ މަގާމުތަކަށާއި ގައުމީ އިންތިޚާބީ މަގާމުތަކަށް ޕާޓީގެ ފަރާތުން އަންހެނުން އިންތިޚާބުކުރުމަށް މަސައްކަތްކުރުމެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ އެންމެ އިސް ފަރާތްތަކަކީ އަންހެނުންގެ ރޫހުގެ މެމްބަރުންގެ ވޯޓަކުން އިންތިހާބުކުރެވޭ ރައީސާއާ ނައިބު ރައީސާއެވެ.
ކޮމެންޓު ފޮނުވާ