ބޮލީވުޑްގައި ކާމިޔާބެއް ނުލިބުނު ކަމުގައިވިޔަށް ރާކީ ސާވަންތް އަންނަނީ އެއްގޮތަކުން ނޫނީ އަނެއްގޮތަކުން އޭނާގެ މަޝްހޫރުކަން ދެމެހެއްޓޭތޯ މަސައްކަތް ކުރަމުންނެވެ.
ބައެއް "އައިޓަމް ސޯން" ތަށް ކުޅެފައިވާ ރާކީ އަބަދުވެސް ހަބަރުތަކުގެ ފަލަ ސުރުހީން ޖާގަ ހޯދައެވެ. ގިން ބަޔަކު ދެކެވީ ރާކީ އަކީ މަޖާގަނޑެއްގެ ގޮތުގައިއެވެ. އޭނާ ދައްކާ ވާހަކަ ތަށް މާސީރިއަސް ކޮށް ނަގާ ނޫސްވެރިއަކު ނޫޅެެއެވެ.
ރާކީ ވަނީ މި ފަހުން ގެނެސް ދިން "ބިގްބޮސް 15″ގެ ގޭގާއި ވަގުތު ތަކެއް ހޭދަކޮށްފައިއެވެ. މި ގެއަށް ދިއުމުގެ ކުރިންސުރެ އޭނާ ކިޔަމުން ގެންދިއައީ އޭނާގެ ފިރިމީހާގެ ވާހަކައެވެ. އަދި ބިގްބޮސްގައި އޭނާގެ ފިރިމީހާ ކަމުގައިވާ ރިތޭޝް ވެސް ބިގްބޮސްގައި ބައިވެރި ވާނެކަމަށެވެ. އަދި މިއީ އަލަށް ރިތޭޝް މީހަކަށް ފެނުނު އިރުވެސް މެއެވެ.
ނަމަވެސް ބިގްބޮސް ނިމި 2 މަހެއްހައި ދުވަސް ފަހުން އަނެއްކިވެނސް ރާކީ މިވަނީ އާ ވަހަކައެއް ދައްކަން ފަށާފައިއެވެ. އޭނާ ބުނެފައިވާ ގޮތުގައި ރިތޭޝް އާއި ވަކިވުމަށް އޭނާ ވަނީ ނިންމައިފައިއެވެ. ކައިވެނި ރޫޅާލުމަށް އޭނާ ނިންމާ އެކަން ވަނީ އިއުލާން ވެސް ކޮށްފައިއެވެ.
އިންސްތަގްރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ރާކީ ބުނީ ގިނަ ހިޔާލުތަފާތު ވުންތަކަކާއި އަދި ބިގް ބޮސްގެ ފަހުން ގިނަ ކަންތަށްތަކެއް ހިނގައިފައި ވުމުން އެގުޅުން ނިންމާލުމަށް ބޭނުން ވާކަމަށެވެ.

ރިޕޯޓްތަކުން މީގެ ކުރިން ބުނެފަިއވާ ގޮތުގައި ކައިވެނި ކުރިކަށް ބުނެ ރާކީ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ޝޯގައި މަސައްކަތް ކުރާމީހަކު ރާކީގެ ފިރިމީހާ ގޮތުގައި ދައްކައިފައިވާ ކަމަށްވެސް ހަބަރުތަށް އޭރުދިއައީ ބުނަމުންނެވެ.
ނަމަވެސް މި ހުރިހާ ވާހަކަތަކެއް ރާކީ ވަނީ ދޮގު ކޮށްފައިއެވެ.
ކޮމެންޓު ފޮނުވާ