ފާއިތުވި 25 އަހަރު ވިކްޓޯރިއާ ކެއީ ފިހުނު މަހާއި ފެނުކެއްކި ތަރުކާރީ

ފާއިތުވި 25 އަހަރު ވިކްޓޯރިއާ ކެއީ ފިހުނު މަހާއި ފެނުކެއްކި ތަރުކާރީ

Author
ފާތިމަތު ނާވީ
16 ފެބްރުއަރީ 2022 08:15
0

ފާއިތުވި 25 އަހަރު ވިކްޓޯރީ ކޮނމެ ދުވަހަކުވެސް ކަނީ ފިހުނު މަހާއި ފެނުކެއްކި ތަރުކާރީ ކަމަށް އޭނާގެ ފިރިމީހާ ޑޭވިޑް ބެކަމް ބުނެފިއެވެ.

މަޝްހޫރު ފުޓޫބޯޅަ ކުރުން ތެރިއާ ޑޭވިޑް ބެކަމް ވަނީ ދާދިފަހުން "ރިވާ ކެފޭ ޓޭބަލް 4″ ނަމަކަށް ކިޔާ ޕޮޑްކާސްޓެއްގައި ބައިވެރިވެފައިއެވެ. ރޫތު ރޮޖާސް މި ޕޮޑްކާސްޓުގައި ވާހަކަ ދައްކަމުން ބެކަމް ބުނެފައިވަނީ ކައިވެނިކުރިފަހުން މި ވީހާތަނަށް ވިކްޓޯރިއާ ކައިފައިވަނީ ހަމަ އެކަށްޗެއްކަމަށެވެ. 47 އަހަރުގެ ވިކްޓޯރިއާގެ ޒުވާން ކަމާއި ރީތި ކަަމަކީ ވަރަށް ތައުރީފް ލިބޭ ކަމެކެވެ.

ބެކަމް ބުނިގޮތުގައި މިހާތަނަށް ތަފާތު އެއްޗެއް ކެއި ހަދާން އޭނާވަނީ ވިކްޓޯރިއާ އެމީހުންގެ ހަނގު ދަރިފުޅަށް ބަނޑުބޮޑު އިރުގައި ކަމަށެވެ. އެއީ ވެސް އޭނާގެ ތަށިން ނަގައިގެން ކޭ އެއްޗެއް ކަމަށާއި ކޮން އެއްޗެއް ކަމެއް މީހަރު ހަދާން ނެތްކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް އެއީ ވިކްޓޯރިއާ އާންމުކޯށް ކާއެއްޗެއް ނޫން ކަަމަށް ބުނެފައިވެއެވެ.

46 އަހަރުގެ ބެކަމް ބުނެފައިވާ ގޮތުގައި އޭނާ އަކީ ކެއުމަށް ވަރަށް ޝައުގު ހުންނަ މީހެކެވެ. އަދި ތަފާތު އެއްޗެހި ކެއުމަކީ އޭނާ ވަރަށް ކުރާހިތްވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.