ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، މިހާތަނަށް މަސައްކަތުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން ދުއްވާ ސަރަޙައްދުގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްތަކާއި ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ޕޭވަމަންޓް މަސައްކަތުގެ 65 ޕަސެންޓް ވަނީ ނިމިފައެވެ.
ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއު (ދެވަނަ ފިޔަވަހި) ގެ މަސައްކަތުގެ 65 ޕަސެންޓް ނިމިއްޖެ. ދުއްވާ ސަރަޙައްދުގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްތަކާއި ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ނިމިފައި. އަދި ޕޭވަމަންޓް މަސައްކަތުގެ 65 ޕަސެންޓް ވަނީ ނިމިފައި. pic.twitter.com/i4hecNsK4F
— MTCC Plc (@MTCCPlc) February 15, 2022
މި މަޝްރޫއުގެ ދަށުން، 17790 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކޮށް، 4960 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރާނެއެވެ. އަދި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ. ދުވާފަރު މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މައްސައްކަތް ކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2020ވަނަ އަހަރުގެ ސެޕްޓެންބަރ މަހުގައެވެ. ދެވަނަފިޔަވަހީގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ދުވާފަރުގެ ބޮޑު 7 މަގެއްގަ ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ37.8 މިލިއަން ރުފިޔާއަށެވެ.
ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިިޔަވަހީގެ މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ އެމްޓީސީސީން ވަނީ ނިންމާފައެވެ. މިފިޔަވަހީގެ ދަށުން 2.7 ކިލޯމީޓަރު ދިގު 12 މަގެއްގައި ވަނީ ތާރުއަޅާފައެވެ.
ކޮމެންޓު ފޮނުވާ