ރަށްރަށުގެ ތަރައްޤީއަށް ކޮށްފައިވާ މުހިންމު ޢުމްރާނީ މަޝްރުޢުތަކުގެ އާބާތުރަ ނުފިލުވައި ވީރާނާވާން ދޫކޮށްލާފައިވާކަމަށް ވިދާލުވެ ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ.
ޝިޔާމްގެ މި ފާޑުކިޔުން އަމާޒުކުރެއްވީ ހއ.ފިއްލަދޫގައި ރައީސް ޔާމީން ސަރުކާރުގައި ތަރައްޤީކޮށްފައިވާ ފުޓްސަލް ދަނޑުގެ އާބާތުރަ ނުފިލުވައި ވީރާނަވމުން ދާތީ ޒުވާނުން ނުކުމެ ކެޔޮ ގަސް އިންދުމާއި ގުޅިގެންނެވެ.
ޝިޔާމް ވިދާޅުވީ ތަންތަނުގެ އާބާތުރަ ނުފިލުވައި މަރާމާތުނުކޮށް ތަންތަން ވީރާވާވެގެން ދާތަން ފެންނަމުންދާކަމަށެވެ. ޚާއްޞަކޮށް ސްކޫލް ޢިމްރާތްތަކާއި މިސްކިތްތަކާއި ކުޅިވަރުގެ ވަސީލްތައް ހިމެނޭކަމަށް ޝިޔާމް ވިދާޅުވިއެވެ.
Thanthanuge aabaathura nufiluvaa maraamaathu nukoh thanthan veeraana vegen dhaathan mifennanee. Khaasskoh school imaaraaithakaa, miskiythaka kulhivaru vaseelaiythah. Filladhoogai RY elhuvvi futsal dhandu maraamaathu nukoh veeraana vaathee zuvaanun nikume keyogas indhan mijenunee. pic.twitter.com/Z2UJ11UDpr
— Ahmed Shiyam (@Shiyamaldives) February 14, 2022
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިންވެސް ބައެއް ރަށްރަށުގައި ސަރުކާރުން ހިންގުމަށް ރާވާފައިވާ ފުޓްބޯޅަ ދަނޑުތައް ފަދަ މަޝްރޫޢުތައް މަޑުޖެހި ކުރިއަށް ނުދާކަމަށް ބުނެ އެ ރަށްރަށުގެ ޒުވާނުން ނުކުމެ މިރުސް ގަހާއި އެނޫންވެސް ބައެއް ގަސްގަސް އިންދާފައިވެއެވެ. އަދި ޒުވާނުން ނިކުމެ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ