ކ. ގިރިފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ބެޑް ޕްރިޕަރޭޝަން މަސައްކަތްތައް ކަމުގައެވެ. މި މަޝްރޫޢުގެ ދަށުން، 268 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 46 މީޓަރުގެ ސަރަޙައްދެއްގައި ނެރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
ކ. ގިރިފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް 13 ފެބްރުއަރީ 2022 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި. އަދި މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ބެޑް ޕްރިޕަރޭޝަން މަސައްކަތްތައް.#MTCCProjects pic.twitter.com/2IQ0ODsHsW
— MTCC Plc (@MTCCPlc) February 14, 2022
ގިރިފުށީ ބަނދަރުގެ އެއްގަމު ތޮށި ފުރަތަމަ ޝީޓްޕައިލް ކުރެވިފައިވަނީ 1998 ވަނަ އަހަރުގައެވެ. އަދި ކޮންކްރީޓް ބީމްގެ މަސައްކަތް ކުރެވިފައިވަނީ 2002 ވަނަ އަހަރުގައެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއިން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 18.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ..