މާބަނޑު އަންހެނުން، ހިނގުމުން ވަރަށް ފައިދާ ލިބޭ

މާބަނޑު އަންހެނުން، ހިނގުމުން ވަރަށް ފައިދާ ލިބޭ

Author
ފާތިމަތު ނާވީ
14 ފެބްރުއަރީ 2022 08:38
0

މާ ބަނޑު ދުވަސްވަރުވެސް ހެލިފެލިވެ އުޅުމަކީ މުހިންމު ކަމަކެވެ.

އެހެންކަމުން މާ ބަނޑު މީހުން ނަށް ހާއްސަ ކަސްރަތު ތަށް ކުރުމަކީ އެދެވިގެން ވާކެމެކެވެ. ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މާބަނޑު މީހުންނަށް ހާއްސަ ޖިމްތަށްވެސް މިހާރު ހުރެއެވެ. އަދި އެންމެ ފައިދާ ކުރަނިވި ގޮތެއްގައި ވިހެއުމާއި ހަމައަށް ކަސްރަތު ކުރުމަށް ޑޮކްޓަރުން ވެސް ލަފާދޭކަމީ މިކަމުގެ މުހިންމުކަން ކަމުގައި ނޫނީ ނުވާނެއެވެ.

އެންމެ ފަސޭހަ އެއް ކަސްރަތެއްގެ ގޮތުގައި ޑޮކްތަރުން ލަފާދޭ ކަސްރަތަކީ ހިނގުމެވެ. ހިނގުމަކީ އެކަމުގެ ފައިދާ މަންމަ އަށާއި ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ކުރާ ކަމެކެވެ.

މާބަނދު ދުވަސް ވަރު މަދުވެގެން ކޮންމެ ދުވަހަކުވެސް 30 މިނިޓް ހިނގާލުމަކީ މުހިންމުކަމެކެވެ. ނަމަވެސް ހިނގުމުގެ ކުރިން ޑޮކްޓަރުގެ ލަފާ ހޯދުން ރަގަޅެވެ.

ހިނގުމުގެ ސަބަބުން ގިނަ ސިއްހީ މައްސަލަ ތަކަށްވެސް ހައްލުތަކެއް ލިބެއެވެ. އެގޮތުން މާބަނޑު ދުވަސް ވަރު ހިނުމުގެ ސަބަބުން ވިހެއުމުގެ ތެރޭގައި ދިމާވާ މައްސަލަތަށް މަދު ކޮށްދެއެވެ. އަދި ހަށިގަނޑުގެ އެކި ތަންތާގައި ރިއްސުން ހާއްސަ ކޮށް ބުރަކަށީ ރިއްސުމުގެ މައްސަލަތަކަށް ވެސް ލުއި ލިބިގެން ދެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.