ވާދަވެރިކަން ފެށި، އީވާގެ ތާޢީދު އިންތިއަށް!

ވާދަވެރިކަން ފެށި، އީވާގެ ތާޢީދު އިންތިއަށް!

Author
މުޙައްމަދު ޖިމީ
13 ފެބްރުއަރީ 2022 09:40
0

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުގެ ވާދަވެރިކަން ފެށި  ތާޢިދުކުރައްވާ ކެނޑިޑޭޓް ޕްރޮމޯޓްކުރައްވަން ފަށްޓަވައިފިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނެވި ޙަސަން ލަޠީފްގެ ދައުރު އިއްޔެއަށް ވަނީ ހަމަވެފައެވެ. މިއާއެކު އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ މިމަހުގެ 19އާއި ހަމައަށް ހުޅުވާލާފައެވެ. މިހާތަަނަށް ވަނީ އެ މަޤާމަށް ތިން ބޭފުލަކު ޝަޢުގުވެރިކަން ފާޅުކުރައްވާފައެވެ.

އެއީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލާއި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމަރާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

މިގޮތުން އެމްޑީޕީގެ އިސް ބޭފުޅުންނާއި އެކްޓިވިސްޓުން އަންނަނީ ތާޢީދުކުރައްވާ ކެނޑިޑޭޓުން ހާމަކޮށް ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަން އިންތި ހާމަކުރެއްވުމާއެކު އޭގެ ކުޑަ އިރުކޮޅެއްފަހުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވަނީ އިންތިއަށް ތާޢިދުކުރައްވާކަން ހާމަކުރައްވާފައެވެ. އީވާ ވިދާޅުވީ ފުރިހަމަ ތަޢީދު އިންތިއަށް އޮތްކަމަށެވެ.

މީގެ އިތުރުން މާލެ ސިޓީގެ ކުރީގެ މޭޔަރު އަދި އެމްޑީޕީ މާލެ ދާއިރާގެ މެންބަރު ސިފާ މުހައްމަދުވެސް ވަނީ އިންތިއަށް ތަޢީދުކުރައްވާކަން ހާމަކުރައްވާފައެވެ.

މެމްބަރު އިންތިއަކީ، ރައީސް ނަޝީދަށް ވަރަށް އިޚްލާސްތެރި އަދި ރައީސް ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަކީ ޕާޓީގެ ހިންގުމުގެ އެންމެ އިސްފަރާތަށްވާއިރު، މިމަޤާމަކީ އެމްޑީޕީގެ އެންމެ ބާރުގަދަ އެއްމަޤާމެވެ. ރިޔާސީ އިންތިޚާބަށް ގާތްވަމުންދާއިރު މިމަޤާމަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ބޭފުޅަކަށްވެސް މުހިންމު މަޤާމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.