ކުޅިވަރު ކުޅުމުގެ ހުއްދަ އާންމުކޮށް ހުޅުވާލާނެ ކަމުގެ ފެހި ސިގުނަލެއް

ކުޅިވަރު ކުޅުމުގެ ހުއްދަ އާންމުކޮށް ހުޅުވާލާނެ ކަމުގެ ފެހި ސިގުނަލެއް

ގުޅުންހުރި

ކޯވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ މާލެ ސަރަހައްދުގައި ކުޅިވަރު ކުޅެވޭނެ ހުއްދަ ދޭނެ ކަމުގެ ފެހި ސިގުނަލެއް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ދެއްވައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި ގިނަ މީހުން އެއްވެގެން ކުޅޭ ކުޅިވަރުތައް ކުޅުން ހުއްޓާލުމަށް އެޗްޕީއޭގެ އުޝާދުގެ ދަށުން އެންމެ ފުރަތަމަ ޔޫތު މިނިސްޓްރީން އެންގީ މާޗް މަހު އެވެ. އެގޮތަށް އިއުލާން ކުރުމަށް ފަހު މިނިސްޓްރީންވަނީ ދަނޑުތައް ބަންދު ކުރުމަށް އަންގާފަ އެވެ.

އޭޕްރީލް މަހު މާލޭގައި ކުރި ލޮކްޑައުން ޖޫން މަހު އުވާލުމަށް ފަހު އާންމު ކުޅިވަރުތައް ކުޅުމުގެ ހުއްދަ އެޗްޕީއޭ ދިން ނަމަވެސް ހާލަތު ގޯސް ވާން ފެށުމުން އާންމު ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުން އެޗްޕިއޭ އިން ވަނީ މުއްދަތެއް ނެތްގޮތަށް މަނާކޮށްފައެވެ. ނަމަވެސް ހާލަތަށް އަންނަ ބަދަލުތަކާއިއެކު އެޗްޕީއޭއިން ވަނީ މިނިންމުން ބަދަލުކުރުމަށް ނިންމާފައިކަމުގައި މިނިސްޓަރ މަހުލޫފްގެ ޓްވީޓުން ހާމަވެއެވެ.

މިނިސްޓަރ މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިރޭ އެޗްޕީއޭއިން ބާއްވާ ޕްރެސް ކޮންފަރެންސް ކަނުލައި އަޑުއެހުމަށެވެ. އަދި ނިންމާ ނިންމުމާއި އެއްގޮތަށް އަމަލުކުރުމަށް ޒުވާނުންނަށް މަހުލޫފް ވަނީ ގޮވާލާފައެވެ.

ރާއްޖޭގައި ކޯވިޑް19 ގެ ހާލަތު އިތުރަށް ގޯސްނުވ ެކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ޚާއްސަކޮށް މާލެ އޭރިޔާ ހިމެނޭ ސަރަހައްދުގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅު ތަކުގެ ސަބަބުން ބަލި ކޮންޓްރޯލް ކުރުމަށް އިތުުރު އެހީތެރިކަމެއް ވަނީ ލިބިގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *