އައްޑޫ ޓޫރިޒަމް ޒޯން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފި

އައްޑޫ ޓޫރިޒަމް ޒޯން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފި

Author
މުޙައްމަދު ޖިމީ
12 ފެބްރުއަރީ 2022 03:17
0

އައްޑޫ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ބިންތައް ޓޫރިޒަމް މިނިސްޓްރީން އައްޑޫ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފިއެވެ.

މިއީ އައްޑޫގައި ޓުއަރިޒަމަށް ކަނޑައެޅި 91 ބިމުގެ ތެރެއިން ފުރަތަމަ އިއުލާން ކުރެވިގެން މިދިޔަ އަހަރު މާރިޗު މަހު، ހަވާލު ކުރެވުނު ބިންތަކެވެ. މި ބިންތައް އޭރު ވެރި ފަރާތްތަކާއި ހަވާލު ކުރެވުނީ ޓުއަރިޒަމް މިނިސްޓްރީއާއި ވެރިފަރާތްތަކާއި ވެވުނު އެއްބަސްވުމުގެ ދަށުންނެވެ. ނަމަވެސް ދާދި ފަހުން ލާމަރުކަޒީ ޤާނޫނަށް ގެނެވެނު އިސްލާހާއެކު މި އެއްބަސްވުންތައް ސިޓީ ކައުންސިލްގެ ދަށަށް މިވަނީ ބަދަލުކޮށްފައެވެ.

 

މި އެއްބަސްވުންތަކުގައި އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރ އަލީ ނިޒާރު އަދި ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުޢާއުއެވެ. ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޕާމަނެންޓް ސެކެޓަރީ ފާތިމަތު ނިލްފާއެވެ.

ކައުންސިލުގެ ދަށަށް ބަދަލު ކުރެވުނީ 31 ބިމުގެ އެއްބަސްވުމެވެ. އެއީ ހިތަދޫ ޓުއަރިޒަމް ޒޯނުން 7 ބިމަކާއި، މަރަދޫ ޓުއަރިޒަމް ޒޯނުން ބިމަކާއި ފޭދޫ ޓުއަރިޒަމް ޒޯނުން 12 ބިމަކާއި ހުޅުދޫ ޓުއަރިޒަމް ޒޯނުން 9 ބިމާއި މީދޫ ޓުއަރިޒަމް ޒޯނުން 2 ބިމެވެ.

އައްޑޫ ޓުއަރިޒަމް ޒޯންތަކުގެ އައު އެއްބަސްވުންތަކުގައި ބުރާސްފަތި ދުވަހު ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުންތަކުގެ ދަށުން އައްޑޫގެ ބައެއް ޓުއަރިޒަމް ޒޯންތަކުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.