މާލޭގެ އުތުރުގައި އޮންނަ ފަޅެއްގައި ތައްޔާރުކުރުމަށް ސަރުކާރުން ވައުދުވެފައިވާ ފްލޯޓިން ސިޓީގައި 5000 ގެ އެޅުމަށް ދިވެހި ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
މިމަސައްކަތް ހަވާލުކޮށްފައިވަނީ ބައިސަން މޯލްޑިވްސް އާއިއެވެ. ރާއްޖޭގައި ފްލޯޓިން ސިޓީ ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑު ކުންފުނިންނެވެ. ބައިސަން މޯލްޑިވްސްއިން ފްލޯޓިން ސިޓީގެ ފުރަތަމަ ގެތައް އިމާރަތްކުރަން ހަވާލުކޮށްފައި ވަނީ މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރީތި ޑިޒައިންތަކަށް ތަރައްގީ ކުރާ ފްލޯޓިން ސިޓީއަށް މާލެއިން ފުރައިގެން ފަސް ވަރަކަށް މިނެޓުން ދެވޭނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލޯޓިން ސިޓީގައި ހަދާ ގެތައް ހަދަނީ ދެ ބުރިއަށެވެ. އަދި އެ ގެތަކުގެ މަތީގައި ޓެރަހެއް ވެސް ހެދުމަށް ހަމަޖެހިފައިވާ އިރު އެ ގެތަކުގައި ގިނަ ކުލަތަކެއް ހިމެނޭނެއެވެ.
ބައިސަން މޯލްޑިވްސްއިން ބުނީ ފުރަތަމަ އަޅާ ގެތަކާއެކު ފްލޯޓިންގ ގެތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ރޯދަމަހަށް ފަހު ގެތައް އާއްމުންނަށް ދައްކާލުމަށް ހުޅުވާލެވޭވަރު ވަރުވާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ. ފްލޯޓިންގ ސިޓީގައި ލަގްޒަރީ ފެންވަރުގެ 5000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފްލޯޓިންގ ސިޓީ އަޅާއިއިރު މުޅިންވެސް ތިމާވެއްޓާއި ރަހުމަތްތެރި ގޮތްތަކެއް ބޭނުން ކުރެވޭނެއެވެ. އަދި މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެއެވެ. މިއީ ރާއްޖޭގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާ ބަދަލު ކޮށްލުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ.