އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އިންތި ގެނައުމަށް ކެމްޕެއިނެއް ފަށައިފި

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އިންތި ގެނައުމަށް ކެމްޕެއިނެއް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
12 ފެބްރުއަރީ 2022 11:17
0

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެނައުމަށް ކެމްޕޭން ކުރަން ފަށައިފިއެވެ.

އިންތި ގެނައުމަށް ކެމްޕެއިން ކުރަމުންދާ އެންމެ އިސްފަރާތަކީ "ހަސަން ކުރުސީ" ނަމުގައި އުފައްދާފައިވާ ޓްވިޓާ އެކައުންޓުންނެވެ. ހަސަން ކުރުސީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަގު ޓުވިޓާ އެކައުންޓެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހަސަން ކުރުސީގެ އެކައުންޓުންވަނީ އިންތިއަށް ތާއީދު އޮތްތޯ ބެލުމަށް ޕޯލްއެއްވެސް ނަގާފައެވެ. މިޕޯލްގައި ގިނަ ބަޔަކު ވަނީ އިންތިއަށް ތާއީދުކޮށް ވޯޓު ދީފައެވެ. އިންތިގެ ނަން ޗެއާޕާސަންގެ މަޤާމަށް ގެންނަން އަޑު ގަދަވެފައި މިވަނީ، މިނިސްޓަރ ފައްޔާޒު އިސްމާއިލް އެމަޤާމަށް ވާދަކުރައްވާނެކަން އިއުލާންކޮށްފައި ވަނިކޮށެވެ. އަދި އެސްޓީއޯގެ އެމްޑީ އަމްރުވެސް ވަނީ މިމަޤާމަށް ވާދަކުރައްވާނެކަމަށް އިއުލާންކޮށްފައެވެ.

އެމްޑީޕީގެ އަސާސީ ޤަވާޢިދުގައި ބުނެފައިވަނީ، އިންތިޚާބު ބޭއްވުމުގެ 60 ދުވަސް ކުރިން އެއިންތިޚާބަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭންވާނެކަމަށެވެ. އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބު އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި ހަސަން ލަތީފްގެ ފަސް އަހަރުގެ ދައުރު ހަމަވާނީ މިއަދަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.