އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ޤާއިމުކުރުމަށް އެޤައުމުން ނިންމައިފިއެވެ. އޮސްޓްރޭލިޔާއިން މިހާރު ރާއްޖެއަށް ކަނޑައަޅާފައި ހުންނަނީ ނޮން ރެޒިޑެންޓް ސަފީރެކެވެ. އެސަފީރު ހުންނަވަނީ ލަންކާގައެވެ.
އޮސްޓްރޭލިއާގެ މިނިންމުމާއެކު ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މިއީ ދެޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހި ވެގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓަރ ޝާހިދުވަނީ ފާހަގަކުރައްވާފައެވެ.
Warmly welcome the announcement by Foreign Minister @MairsePayne of the Australian Government’s decision to establish an Australian High Commission in Maldives. An important milestone in further consolidating and solidifying our bilateral relations. pic.twitter.com/eo30PFBrwR
— Abdulla Shahid (@abdulla_shahid) February 11, 2022
ރާއްޖޭގައި އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ޤާއިމުކުރުމާއި ގުޅޭގޮތުން އެޤައުމުގެ ސަރުކާރުން ޢާއްމުކުރި ބަޔާނުގައިވަނީ ރާއްޖޭގައި ޤާއިމުކުރެވޭ ހައިކޮމިޝަނާއެކު އޭޝިއާ ޕެސިފިކްގެ ޤައުމުތަކުގެ ގުޅުންތައް އިތުރަށް ހަރުދަނާވެ ޤަބޫލުކުރާ އެއްހަމަތަކެއްގެ ދަށުން ޤައުމުތަކަށް މަސައްކަތްކުރުމުގެ ފަހި މާޙައުލެއް ލިބިގެންދާނެކަމަށެވެ.
???????? & ???????? share a vision for a stable & secure #IndoPacific. To strengthen our engagement with Maldives, ???????? will establish a High Commission in Malé & build on our ties across security, transnational crime & trade & investment. @dfat @AusHCSriLanka https://t.co/SBCoplf2El
— Marise Payne (@MarisePayne) February 11, 2022
އަލަށް ހުޅުވުމަށް ނިންމާފައިވާ މިހައިކޮމިޝަނާއެކު އެކިދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިވުމުގެ އިތުރުން ކޮމަންވެލްތު ފަދަ ބައިނަލްއަޤުވާމީ ޖަމިއްޔާތަކާއެކު ދެޤައުމު ގުޅިގެން ކުރެވޭ މަސައްކަތްތައް ފުޅާވެގެންދާނެކަމަށް މިބަޔާނުގައިވަނީ ހާމަކޮށްފައެވެ. މީގެއިތުރުން ބައިނަލްއަޤުވާމީ ބޮޑެތި މައްސަލަތައް ކަމަށްވާ ޓެރަރިޒަމާއި ކަނޑުފޭރުމާއި މޫސުމީ ބަދަލުތަކާ ދެކޮޅަށްވެސް ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް މިބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. ހަމައެއާއެކު ރާއްޖޭގައި އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ހުޅުވިގެން ދިޔުމުން ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި އޮސްޓްރޭލިއާ ދެމިއޮންނާނެކަމުގެ ޔަގީންކަންވެސް އޮސްޓްރޭލިއާ ސަރުކާރުންވަނީ ދެއްވާފައެވެ.
ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1974 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.


