ޖޮޓާގެ ދެ ލަނޑާއެކު ލިވަޕޫލުން ލެސްޓާ ބަލިކޮށްފި

ޖޮޓާގެ ދެ ލަނޑާއެކު ލިވަޕޫލުން ލެސްޓާ ބަލިކޮށްފި

Author
ޔޫސުފް
11 ފެބްރުއަރީ 2022 03:32
0

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޑިއެގޯ ޖޮޓާ ޖެހި ދެ ލަނޑާއެކު ލިވަޕޫލުން ލެސްޓާ ސިޓީ ބަލިކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑު އެންފީލްޑްގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ގިނަ ހަމަލާތައް އުފެއްދީވެސް ލިވަޕޫލުންކަން ފާހަގަކޮށްލެވެއެވެ. މެޗުގައި ލިވަޕޫލުންލީޑު ނެގީ 34 ވަނަ މިނެޓުގައި ޖޮޓާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅުމަށް ގައުމީ ޓީމާއެކު އުޅުމަށްފަހު އެނބުރި އައި މުހައްމަދު ސަލާހް ވަނީ ދެވަނަ ހާފުގައި ކުޅެން ނުކުމެފައެވެ. މެޗުގައިލިވަޕޫލުން ލީޑު ފުޅާކުރީ މެޗު ނިމެން ދަނިކޮށް 87 ވަނަ މިނެޓުގައި ޖޮޓާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ޖޮޓާ ލިވަޕޫލަށް ކާމިޔާބުކޮށްދިން 30 ވަނަލަނޑެއެވެ.

މި ނަތީޖާއާއެކު އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން ހޯދި 51 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ތާވަލްގެ ދެވަނައިގައެވެ. އެއްވަނައިގައި 24 މެޗުން ހޯދި 60 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ސިޓީއެވެ.

ލިވަޕޫލް އާއި ލެސްޓާ ސިޓީ ވާދަކުރި މެޗުގެ އިތުރުން ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން ވަނީ ވުލްވްސްގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.

މި މެޗުގައި އާސެނަލްގެ ހަމައެކަނި ލަނޑު 25 ވަނަ މިނެޓުގައި ކާމިޔަަބުކޮށްދިނީ، ގެބްރިއަލްއެވެ.

މި މޮޅާއެކު އާސެނަލް ވަނީ 22 މެޗުން ހޯދި 39 ޕޮއިންޓާއެކު ތާވަލްގެ 5 ވަނަ މަގާމަށް ކުރިޔަށް ޖެހިލާފައެވެ. މި މެޗުން ބަލިވި ވުލްވްސް އޮތީ 22 މެޗުންލިބުނު 34 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.