ވެރިކަންކުރާ އެމްޑީޕީން ރިޔާސީ ޕްރައިމަރީއާއިމެދު ގޮތެއް ކަނޑައެޅުމަށް ބާއްވާ ކޮންގްރެސް މިއަހަރުގެ އޮގަސްޓް މަހުގެ 4 ވަނަ ދަހު ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީން މިރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 2 ވަނަ ޖަލްސާގައި އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހުށަހެޅީ، މާލެ ދާއިރާގެ ރައީސް ސިފާ މުހައްމަދުއެވެ. މިޤަރާރަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ ރައީސް އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލްއެވެ.
މިޤަރާރަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އެންމެ ބޮޑު އަމާޒަކަށް ވާންޖެހޭނީ 2023ވަނަ އިންތިޚާބު ކާމިޔާބު ކުރުންކަމަށެވެ. މިކޮންރެސްގެ އެންމެ ބޮޑު ބޭނުމަކީ ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމާއިމެދު މަޝްވަރާ ކުރުމަށެވެ. އެގޮތުން ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި، ޖޭއެސްސީއަށް އިސްލާހު ގެނައުމާއި، ލާމަރުކަޒީ ޤާނޫނުގެ ބާބަށް އިސްލާހު ގެނައުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްވެސް މި ކޮންގްރެސްގައި މަޝްވަރާ ކުރެވިގެންދާނެއެވެ.
ޤާނޫނު އަސާސީއަށް ގެންނަން ބޭނުންފުޅުވާ ބަދަލުތައް:
1. މިނިވަން މުއައްސަސާތަކުގެ އަދަދާ އެކުލެވިގެން ވާގޮތަށް ގެންނާން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުން.
2. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެމަށް ނިންމާ ނިންމުން.
3. ގާނޫނު އަސާސީގައި ކަނޑައަޅާނެ ލާކާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުން.
4. ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އަދި އެފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީހެއް، އަދި ނެގޭ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އާއި އެއްގޮތައް ގާނޫނުއަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުން.
5. ގާނޫނުއަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ނިންމުން
6. ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ %30 އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓްއަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމަށް ކޮންގްރެސްއިން ނިންމުން. (މިފަދަ ކަނޑައެޅުމެއްގައި، އެއްވެސް ކެންޑިޑޭޓްއަކަށް %30ގެ މިންވަރަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަށް ވޯޓް ނަގާ އެންމެ ގިނަ ވޯޓް ހޯދި ކެންޑިޑޭޓް އެއީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައިވެސް ގާނޫނުއަސާސީގައި ކަންޑައެޅުން.)
ރާއްޖޭގެ ޤާނޫނު އަސާސީ މިހާރު އޮތް ގޮތުން ރިޔާސީ އިންތިޚާބުގެ %51 ހޯދައިގެން މެނުވީ އިންތިޚާބެއް ނުވާނެއެވެ. މިހާތަނަށް ވަނީ ދެ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރެއް ބާއްވާފައެވެ. ޤާނޫނު އަސާސީއަށް ބަދަލު ގެންނަވަން ރައީސް ނަޝީދު ހުށައެޅުއްވިއިރު އެމަނިކުފާނު ގެންދަވަނީ ބަރުލަމާނީ ނިޒާމެއް ޤާއިމްކުރުމަށް ތަކުރާރުކޮށް ވަކާލާތުކުރައްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވާގޮތުގައި 2023 ގައި ބަރުލަމާނީ ނިޒާމުގެ މަސައްކަތް ފަށަން ބޭނުންފުޅުވާ ސަބަބަކީ، ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވާދަކުރައްވަން ބޭނުންފުޅު ނުވުމެވެ. ދާދިފަހުން ނިމިގެންދިޔަ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް %50 ވޯތް ހުރަކުރެވިފައި ނުވާތީ ރައީސް ނަޝީދު ވަނީ ދެން އެމްޑީޕީއަށް ވެރިކަން ލިބޭނެ ހަމައެކަނި ގޮތަކީ ވެރިކަމުގެ ނިޒާމް ބަރުކަމާނީއަށް ބަދަލުކުރުންކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ