ހިޔާ ފްލެޓްގައި ސެލޫނެއް ހުޅުވައިފި

ހިޔާ ފްލެޓްގައި ސެލޫނެއް ހުޅުވައިފި

Author
މުޙައްމަދު ޝަޒައިމް
09 ފެބްރުއަރީ 2022 10:18
0

ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ޚާއްސަކޮށްގެން ސެލޫނެއް ހުޅުވައިފިއެވެ.

އެޗްޑީސީން ބުނެފައިވަނީ ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާއިއެކު، ސެލޫނެއްގެ ޚިދުމަތް ފޯރުކޮށް ދިނުމަށް "ޝިޔާ ސެލޫންގެ" އައުޓްލެޓެއް ހިޔާ ފްލެޓްގެ އެޗް-15ގެ ޓަވަރުގައި ހުޅުވާފައިވާކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ޢާއްމުން މިހާރު ދިރިއުޅެން ފެށިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރާގުޅިގެން އެޗް.ޑީ.ސީން އަންނަނީ ކުރަމުންނެވެ.

ހިޔާ ހައުސިންގ ޔުނިޓްތައް ފުރަތަމަ ތަރައްޤީކުރީ 7000 ހައުސިންގ ޔުނިޓާއެކުއެވެ. ނަމަވެސް މިއަދަދު ފަހުންވަނީ، ފްލެޓްގެ ގްރައުންޑް ފްލޯގެ ފްލެޓްތައް އުނިކޮށް 6720 ހައުސިންގ ޔުނިޓަށް ބަދަލުކޮށްފައެވެ. މިގޮތަށް ނިންމާފައިވަނީ ފްލެޓްތަކުގެ ތިރީގައި އާއްމު ޚިދުމަތްތައް ޤާއިމުކުރުމަށް ސްލޮޓްތައް ދޫކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.