ދޫނިތައް މަރާލި މައްސަލާގައި ޒުވާނުން އިޙްތިޖާޖަށް ނިކުންނަނީ

ދޫނިތައް މަރާލި މައްސަލާގައި ޒުވާނުން އިޙްތިޖާޖަށް ނިކުންނަނީ

ގުޅުންހުރި

ޤަވާއިދާއި ޚިލާފަށް އެތެރެކޮށް މަރާލި ގިނަ ޢަދަދެއްގެ ދޫނީގެ މައްސަލާގައި ޒުވާނުންތަކެއް އިހްތިޖާޖުކުރުމަށް ނިންމައިފިއެވެ.

މަރާލާފައިވާ ދޫނިތަކަކީ ޕެޓްމާސް ކިޔާ ކުންފުންޏަކުން ރާއްޖެ އެތެރެކޮށްފައިވާ ދޫނިތަކެކެވެ. ދޫނިތައް ނައްތާލާފައިވަނީ އެއާޕޯޓުން ދޫނިތައް ހިފަހައްޓާފައިވާ މައްސަލަ ސިވިލް ކޯޓާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

ދޫނިތައް މަރާލި މައްސަލަ ހޫނުވެފައިވަނިކޮށް، ޒުވާނުންގެ ބަޔަކު ވަނީ އެކަމާއި ގުޅިގެން އިހްތިޖާޖުކުރުމަށް ނިންމާފައެވެ. އެގޮތުން މިއަދު ހަވީރު ހަތަރެއް ޖަހާއިރު އާޓިފިޝަލް ބީޗް ސަރަހައްދުން އެ އިހްތިޖާޖު ފެށުމަށް ވަނީ ނިންމާފައެވެ. އަދި މި އިހުތިޖާޖުގައި ގިނަ ބަޔަކު ބައިވެރިވުމަށްވެސް އެ ޒުވާނުން އެދިފައިވެއެވެ.

ރާއްޖެ އެތެރެކުރި 120 ދޫނި އެޓާނީ ޖެނެރަލްގެ ލަފާގެމަތިން މަރާލައިފައިވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިކަން ކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ޕްލާންޓް އެނިމަލް ކަރަންޓީނު ޔުނިޓް ތެރޭގައެވެ. މިއީ އެތަނުގައި 3-4 މަސް ވަންދެން ހުރި ދޫނިތަކެކެވެ. އިންޖެކްޝަންތަކެއް ޖަހައިގެން މިދޫނިތައް މަރާލީ ފިޝަރީސް މިނިސްޓްރީންނެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ނައްތާލި ދޫނިތަކަކީ މީގެ ދެ ތިން މަސް ކުރިން ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެ ކުރުމުން ހިފަހައްޓާފައި ހުރި ދޫނިތަކެއް ކަމަށެވެ. އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށްފަހު އަދި ގަވާއިދުގައި އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖެ އެތެރެކުރުން މަނާ ވިޔަސް އެގޮތަށް ދޫނި މަރައިގެން ނުވާނެ ކަމަށް ބުނެ އާންމުން ދަނީ ފާޑު ކިޔަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ