ރާއްޖެ އެތެރެކުރި 120 ދޫނި އެޓާނީ ޖެނެރަލްގެ ލަފާގެމަތިން މަރާލައިފައިވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މިކަން ކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ޕްލާންޓް އެނިމަލް ކަރަންޓީނު ޔުނިޓް ތެރޭގައެވެ. މިއީ އެތަނުގައި 3-4 މަސް ވަންދެން ހުރި ދޫނިތަކެކެވެ. އިންޖެކްޝަންތަކެއް ޖަހައިގެން މިދޫނިތައް މަރާލީ ފިޝަރީސް މިނިސްޓްރީންނެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ނައްތާލި ދޫނިތަކަކީ މީގެ ދެ ތިން މަސް ކުރިން ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެ ކުރުމުން ހިފަހައްޓާފައި ހުރި ދޫނިތަކެއް ކަމަށެވެ. އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށްފަހު އަދި ގަވާއިދުގައި އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖެ އެތެރެކުރުން މަނާ ވިޔަސް އެގޮތަށް ދޫނި މަރައިގެން ނުވާނެ ކަމަށް ބުނެ އާންމުން ދަނީ ފާޑު ކިޔަމުންނެވެ.
ކޮމެންޓު ފޮނުވާ