އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝްގެ މައްޗަށް ރާއްޖޭން ކުރި ހޯދައިފި

އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝްގެ މައްޗަށް ރާއްޖޭން ކުރި ހޯދައިފި

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމުން ބަންގްލަދޭޝްގެ ގައުމީ ވޮލީ ޓީމުގެ މައްޗަށް ކުރި ހޯދައިފިއެވެ.

މާލޭގައި ޒުވާނުންގެ މަރުކަޒުގެ އިންޑޯރ ކޯޓުގައި ރޭ ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ ފަހަތުން އަރައި ތިން ސެޓު އެއް ސެޓުންނެވެ.

މިއީ މިދިޔަ 6 އަހަރުތެރޭ ރާއްޖޭގެ ވޮލީ ޓީމު ބަންގްލަދޭޝް ޓީމު އަތުން މޮޅުވި ފުރަތަމަ ފަހަރެއެވެ. އެންމެ ފަހުން ބަންގްލަދޭޝްގެ މައްޗަށް ރާއްޖޭން ކުރިހޯދީ2016 ވަނަ އަހަރުއެވެ.

ރޭގެ މެޗު ފަށައިގެން ކުޅުނު ފުރަތަމަ ސެޓު 3 ޕޮއިންޓްގެ ތަފާތުން ކާމިޔާބުކުރީ ބަންގްލަދޭޝް ޓީމުންނެވެ. ނަމަވެސް ރާއްޖޭން ވަނީ ދެން ކުޅުނު 3 ސެޓުގައިވެސް ކުޅުން ރަނގަޅުކޮށް، މި 3 ސެޓު ކާމިޔާބުކޮށް ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާފާއެވެ. އެގޮތުން ދެވަނަ ސެޓު 19-25 އިންކާމިޔާބުކުރިއިރު، ތިންވަނަ ސެޓު ކާމިޔާބުކުރީ 20-25 އިންނެވެ. އަދި ވާދަވެރި ކުޅުމަކަަަށް ފަހު ހަަތަރު ވަނަ ސެޓު 22-25 އިން ކާމިޔާބުކޮށް ރާއްޖޭންމެޗު ކާމިޔާބުކުރިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިސްނެންގެވުމާ އެކު ލިބުނު ފުރުސަތެއްގައި ބަންގްލަދޭޝް ޓީމާ ދެކޮޅަށް ރާއްޖޭން ޖުމްލަ ތިން މެޗެއް މާލޭގައިކުޅޭނެއެވެ.

އެގޮތުން ދެން ކުޅޭ ދެވަނަ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުއެވެ. އަދި ފަހު މެޗު އޮންނާނީ ހުކުރު ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *