ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

Author
މުޙައްމަދު ޖިމީ
07 ފެބްރުއަރީ 2022 02:35
0

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކުރި ރަސްމީ ނަތީޖާ ދައްކާގޮތުން ވަގުތީ ނަތީޖާއާ އެއްވެސް ބަދަލެއް ނާދެއެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި ރަސްމީ ނަތީޖާ ދައްކާގޮތުން މިއިންތިޚާބު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދެވެ. މިއިންތިޚާބު ރާޝިދު ކާމިޔާބް ކުރެއްވީ 1،441 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހާންނާން އިދުރީސްއަށް ލިބިވަޑައިގަތީ 323 ވޯޓެވެ.

އްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލުކުރާ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކޮށްފައިވާއިރު, އެ ދާއިރާގައި ވަނީ ފޯރިގަދަ ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައެވެ. ސަރުކާރާއި އިދިކޮޅުގެ ގިނަ ސިޔާސީ އިސް ބޭފުޅުންތަކެއް އެ ދާއިރާގެ ތިން ރަށަށް ވަޑައިގެންފައިވާއިރު ގިނަ އަޑުތަކެއް ވެސް ވަނީ އަރާފައެވެ. އެގޮތުން, އިންތިހާބާ ދިމާކޮށް ސަރުކާރުން އެ ދާއިރާގެ ތިން ރަށަށް އަމާޒުކޮށްގެން ބޮޑެތި ޕްރޮޖެކްޓްތަކެއް ފަށާފައިވާއިރު އެކަން އިދިކޮޅުން ސިފަކޮށްފައިވަނީ ސީދާ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ ކަންތައްތަކެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.